Fahu vaguthu Gallardo kaamiyaabu kohdhin landun New TC balikoffi
image
ނިއުގެ ސެންޓޭ (ކ) އަށް ގަލާޑޯ މަރުހަބާ ކިޔަނީ ފޮޓޯ:--މިހާރު ސްޕޯޓްސް
1 ކޮމެންޓް
 

ފަހު ވަގުތު ގަލާޑޯ ކާމިޔާބުކޮށްދިން ލަނޑުން ނިއު ޓީސީ ބަލިކޮށްފި

ރޭ ޓީސީ ސްޕޯޓްސް ކްލަބް ފަހު ވަގުތު 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ގަދަ ހަތަރެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.
ފުރަތަމަ ހާފްގެ ކުރީކޮޅު ހުސް ފުރުސަތުތައް ލިބުނީ ޓީސީއަށެވެ. މިގޮތުން ފޯވާޑް އިބްރާހިމް މަހުދީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

މެޗުގެ ފުރަތަމަ ދެ ގޯލްވެސް ޖެހީ ނިއުރޭޑިއަންޓުންނެވެ. ފުރަތަމަ ލަނޑު ހަމްޒާގެ ޕާހަކުން އަލީ ފާސިރު ސެންޓޭ ޖަހައިދިންއިރު، ދެވަނަ ލަނޑު ފާސިރުގެ ޕާހަކުން ޖަހައިދިނީ ހާމްޒާ މުޙައްމަދެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޓީސީ އަށް ތަފާތު ކުޑަކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ޓީސީން ނަތީޖާ ހަމަހަކުރިއެވެ. ނާއިޒް ހަސަން ނަގައިދިން ހުރަސް ނުހާދު އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ޓީސީއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް ކޯނެލިއަސްއެވެ. ނަމަވެސް އޭގެ އެންމެ 4 މިނެޓުފަހުން ހަމްޒާ މުޙައްމަދުގެ ހިތްގައިމު ޕާހަކުން ސެންޓޭވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ނިއުރޭޑިއަންޓަށް ދެވަނަ ފަހަރަށް ލީޑް ނަގައިދީފައެވެ.

މެޗުގައި ޓީސީގެ ތިން ވަނަ ލަނޑު ވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ސްޓެވާޓެވެ.

3-3 ގެ ނަތީޖާއަކުން މެޗް ނިމެންދަނިކޮށް ނިއުގެ ސަޕޯޓަރުންގެ އަޑު ގުގުމާލީ ސަސްޕެންޝަނުން އެނބުރިއައިސް މިރޭގެ މެޗުގައި ކުޅުނު ގަލާޑޯގެ ގޯލުންނެވެ. މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ގަލާޑޯ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށްވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މި މެޗުގައި ޖަލާޑޯގެ އިތުރުން ސަސްޕެންޝަނުން ސަލާމްވެ ކުރީގެ ގައުމީ ކީޕަރ އިމްރާން މުހައްމަދު ވެސް އަލުން ވަނީ ޓީމާއި ގުޅިފައެވެ.

މި ނަތީޖާއާއި އެކު ލީގް ތާވަލަށް ވަނީ ބޮޑެތި ބަދަލުތަނެއް އައިސްފައެވެ. އެގޮތުން ނިއު އާއި މާޒިޔާ އަށް 21 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ނިއު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި 17 ޕޮއިންޓާ އެކު އޮތީ ގްރީން ސްޓްރީޓްސް އެވެ. މާދަމާރޭ ވެލެންސިއާ އަތުން މޮޅުވެގެން އެ ޓީމަށް ނިއުއާ ފަރަގު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.
ހިޔާލު

ޯޭޭޭޭޢޮގަރު

މަރުޙަބާ!