Haramfulhah Dheyn Ulhunu Hamalaaeh Huttuvaa 5 Meehaku Hayyarah
image
ހަރަމްފުޅު---
1 ކޮމެންޓް
 

ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވާ ފަސް މީހަކު ހައްޔަރަށް

މައްކާގެ ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވާ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުދީއަރަބިއްޔާގެ ހޯމް މިނިސްޓްރީން ބުނެފިއެވެ.
ސައުދީ އަރަބިއްޔާގެ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގެފުޅު ހުންނަ ސަރަހައްދުގައި އެތަނަށްދާ މީހުންނަށް އަމާޒުކޮށް ދިނުމަށް ރާވަމުން ދިޔަ އެ ހަމަލާ ހުއްޓުވާފައިވަނީ ހުކުރު ދުވަހުއެވެ.

އެ ހަމަލާ ރާވާފައިވަނީ ތިން ގޫރޫޕެއް ބައިވެރިވެގެން ކަމަށާއި އޭގެތެރޭގައި ހިމެނެނީ މައްކާގައި ތިބި ދެ ގުރޫޕަކާ ޖިއްދާގައި ތިބި ގުރޫޕެއް ކަމަށް ސައުދީ އަރަބިއެްޔާގެ ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ހަމަލާ ހުއްޓުވާފައިވަނީ މައްކާގެ އަސީލާ ޑިސްޓްރިކްޓާއި އަޖްޔާދު އަލް މަސާފީގައި ހިންގި ދެ އޮޕަރޭޝަނެއްގައެވެ.
އޭގެތެރެއިން އަޖްޔާދުގައި ހިންގި އޮޕަރޭޝަންގައި ފުލުހުން އެސަރަހައްދަށް ދިއުމުން ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހަކު އޭނާ ހުރި އިމާރާތް ގޮއްވާލާފައިވާ ކަމަށް ސައުދީ ދާހިލިއްޔާއިން ބުނެފައިވެއެވެ.

އެ ހަމަލާގައި 11 މީހަކު ޒަހަމުވެފައިވެއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.
މައްކާ
ހިޔާލު

މޫސަ

ދުވަސްވަރުގެ ހާލަތަށް ބަލާއިރު ސައުދީ ގެ ގޭމްގެ އެއްޑްރިލް ކަމަށް ބެލެވޭ. އެއްވެސް މުސްލިމަކު ހަރަމަށް ހަމަލާއެއް ނުދޭނެ އެކަމަކު ސައުދީ ވެރިކަމާއި ދެކޮޅުމީހުން އެޤަވްމުގައިވެސް ވަރަށް ގިނަވެއްޖެ.