Maamigili Bandharu Viyafaari Bandharakah hadhan MPL ah
image
މާމިގިލީ ބަނދަރު---ފޮޓޯ:ކްރިސްޓިއަން ލުކަސް
0 ކޮމެންޓް
 

މާމިގިލީ ބަނދަރު ވިޔަފާރި ބަނދަރަކަށް ހަދަން އެމްޕީއެލްއަށް

އދ.މާމިގިލީ ބަނދަރުގެ ބައެއް ވިޔަފާރި ބައިނަލް އަގުވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޕީއެލްއާއި ހަވާލުކޮށްފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އެކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މާމިގިލީ ބަނދަރު އެމްޕީއެލްއާއި ހަވާލު ކުރި ތާރީހެއް އަދި އެކަމާ ބެހޭ ތަފުސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީސީން ވެސް ވަނީ ބަނދަރު ހިންގުމަށް އިން ވަކި ކުރަން ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް އެރަށު ކައުންސިލުން ބުނި ގޮތުގައި އެފަދަ އެއްވެސް މައުލޫމާތެއް އެ ކައުންސިލަށް ލިބިފައެއް ނުވެއެވެ.

މާމިގިލީ ބަނދަރަކީ 1300 މީޓަރުގެ ދިގު ބަނދަރަކެވެ. މާމިގިލީ އެއާޕޯޓާ އެރަށު ބަނދަރު ވެސް ހަދާފައިވަނީ އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ވިލާއިންނެވެ.

މާމިގިއްޔަކީ ގާސިމް އިބްރާހީމް އުފަންވެވަޑައިގެންވި ރަށް ވެސްމެއެވެ.
ހިޔާލު