Maamingili bandharu MPL aai havaalukuree Mashvara nukoh
image
މާމިނގިލީ އެއަރޕޯޓް: ފައިލް ފޮޓޯ
4 ކޮމެންޓް
 

މާމިނގިލީ ބަނދަރު އެމްޕީއެލްއާއި ހަވާލުކުރީ މަޝްވަރާ ނުކޮށް

އދ މާމިގިލީ ބަނދަރުގެ ބައެއް ވިޔަފާރި ބައިނަލް އަގުވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޕީއެލްއާއި ހަވާލުކުރި އިރު ކައުންސިލާއި މަޝްވަރާކޮށްފައި ނުވާކަމަށް މާމިނގިލީ ކައުންސިލުން ބުނެފިއެވެ.
މާމިނގިލީ ބަނަދަރަކީ އެރަށްއުފަން ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަމިއްލަ ހަރަދުގައި ތަރައްޤީކޮށްފައިވާ ބަނދަރެކެވެ.

މާމިނގިލީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ބަނދަރެއް މާމިނިގިލީގައި ތަރައްގީ ކުރުމަކީ މާމިގިލީ ރައްޔިތުން ނުހަނު އެދޭ ކަމެއްކަމަށާ ނަމަވެސް މާމިގިލީގައި ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީ ކުރުމާއިބެހޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީއާއި އެމްޕީއެލްއިން ހާމަކޮށްފައިވާ މައުލޫމާތުގައި ހަގީހަތާއި ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ކަމުގައެވެ.

އަދި ބަނަދަރު ތަރައްޤީ ކުރުމަށް އެއްވެސް އިދާރާއަކުން ރައްމީކޮށް އެދިފައި ނުވާކަމަށާއި ބަނދަރުގެ 600 މީޓަރު އެމްޕީއެލްއިން ތަރައްޤީކުރާނެކަމަށް ބުނާއިރު އެ ބަނދަރުގެ ޖުމްލަ ބޮޑުމިކަނީވެސް 670 މީޓަރުކަމަށާއި އެ ބަނަދަރުގެ ބޮޑުމިނަކީ 1300 މީޓަރުކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ބުމުނަކީ ހަގީގަތާއި ހިލާފު މައުލޫމާތެއް ކަމަށްވެސް މާމިނގިލީ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޕީއެލްއިން މާމިގިލީ ބަނދަރު ސަރަހައްދު ތަރައްގީ ކުރުމަށް ކޮށްފައިވާ ޑިޒައިންގެ އައުޓްލައިން ޗާޓެއް އެއިދާރާގެ އީމެއިލް މެދުވެރިކޮށް ލިބިފައިވާކަމަށާ މި އައުޓްލައިން ޗާޓްގައި ފާހަގަކޮށްފައިވާ ގޮތުން ޔޮޓްމެރީނާއާއި ފުޅީގައި ފެންބަންދު ކުރާނެ ޕްލާންޓަކާއި ގެސްޓްހައުސް ތަރައްގީކުރުމަށް ކަނޑައަޅާފައިވަނީ އެރަށުގެ ރަސްމީ ކުނިގޮނޑުގެ ގޮތުގައި ކަނޑައަޅާ، މޯލްޑިވުސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ހުއްދަލިބި، މިހާރުވެސް ކުނިގޮނޑުގެ ގޮތުގައި ބޭނުންކުރެވެމުންދާ ސަރަހައްދުގައި ކަމަށާއި އެމްޕީއެލްއަށް ނެގުމަށް ނިންމާފައިވާ ބިމުގައި ބިޑު އުސޫލުން ކުއްޔަށް ދޫކޮށްފައިވާ 11 ބިމެއްވާއިރު ވިޔަފާރި ތަރައްގީކުރުމަށް ގިނަގުނަ ޚަރަދުތަކެއް އެތަންތާންގައި ކޮށްފައިވާކަމަށްވެސް މާމިނގިލީ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ސަރަހައްދަކީ ވިލާ ގުރޫޕްއިން ތަރައްގީކޮށްފައިވާ ވޯކްޝޮޕެއް ހިންގާ ސަރަހައްދަކަށްވާއިރު، އެސަރަހައްދަކީ މާމިނގިލީ އިންޖީނުގެއާއި ބޯޑް ޔާޑަކާއި އެމްޕީއެލްގެ އައިސްޕްލާންޓަކާއި އެމްޓީސީސީ ފެރީ ގިމަތައެއް އަދި އެމްއެންޑީއެފަށް ދޫކޮށްފައިވާ ބިމެއް އޮތް ސަރަހައްދެއްކަމަށްވެސް މާމިނގިލީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް އެބިންތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލު ލިބޭނެކަން އެނިގިފައި ނުވާކަމަށާއި ނަމަވެސް ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކުގައި ކޮށްފައިވާ އިންވެސްޓަށް ބަދަލު ލިބެން ޖެހޭނެކަމަށް މާމިނގިލީ ކައުންސިލުން ބުނެއެވެ.


އދ. މާމިނގިލި
ހިޔާލު

އިބޫ

މާމިހިލީ ގައި މަޝްވަރާކޮށްގެން ނިންމާފައިވާ ކަމެއް ކުރިޔަކުންވެސް ނުއޮންނާނެ....

ތެދުބަސް

މިއިި މަަމިގިލިި މިިހުންގެ ނަސިިބު އުފަލަައެކު ބަލައިގަނެެ ބޮޑާ ހަަކަިގެން މޮޅެއް ނުވާނެ

ކަމަނަ

މާމިގިލީ މީހުން ހާދަ މޮަޔަ ބައެއް.ހަމަ އެރަށު މީހުން ނައް ދޯ ރަގަޅު ވާނީ ބޯ ހަލާކު

ބަކުރުބެ

އެމްޕީ އެއް ތިތަކުގަ އެއްކަމެއްވެސް ނުކުރާނެ އަދި ނުވެސް ކުރެވޭނެ. ތީއީ ހަމަ 2018 އަށް ޖަހާ ވައްވައް. އަމިއްލަ އެމްޕީ އެލް ކާރީ ބުނެދީބަލަ، މާލެ ބިޔަފާރި ބަދަރަށް ގެންނާ މުދާ ބޭލޭތޯ އުޅެބަލާށޭ.