Nafsaanee Gothun Varugadha Meeha Nukuraane 13 Kameh
image
އެމީ މޯރިން
9 ކޮމެންޓް
 

ނަފްސާނީގޮތުން ވަރުގަދަ މީހާ ނުކުރާނެ 13 ކަމެއް

ގިނަފަހަރު ނަފްސާނީގޮތުން ވަރުގަދަ މީހެއްކަން ދައްކައިދެނީ މީހާ ކުރާކަންކަމަށްވުރެ ނުކޮށް ދޫކޮށްލާ ކަންކަމުންނެވެ.
އުމުރުން 26 އަހަރުގައި ހުވަފެންވި އެމީ މޯރިންއަކީ ސައިކޯތެރެޕިސްޓެއް އަދި ފޯބްސް މެގަޒިންގެ ކޮލަމިސްޓެކެވެ. އެނާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ "ނަފްސާނީގޮތުން ވަރުގަދަ މީހާ ނުކުރާނެ 13 ކަމެއް" ނަމުގައި އޭނާ ނެރުނު ފޮތެވެ.އެ ފޮތުގައިވަނީ އިންސާނައަށް ވިސްނޭ ނޭދެވޭ ވިސްނުންތަކާއި، ގެންގުޅެވޭ ނޭދެވޭ އަދަބުތަކާއި އަދި ކުރެވޭ ފަނާކުރަނިވި އިހުސާސްތައް ކޮންޓްރޯލްކޮށް އޭގެން ދުރުވާނެ ގޮތްތަކެވެ. ތިރީގައި މިވަނީ މޯރިންގެ ފޮތުގައި ފާހަގަ ކުރި 13 ކަމެއްގެ ތެރެއިން 6 ކަމެކެވެ.

1. އަމިއްލަ ނަފްސު ކުއްވެރިކޮށް ހިތާމަކުރުމުގައި ވަގުތު ބޭކާރެއް ނުކުރާނެ

މޯރިން ބުނާގޮތުން އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމާ ދެރަވުމުގެ ސަބަބުން އެތައް ބޭކާރު އިހުސާސްތަކާއި ވިސްނުންތަކެއް ބޮލަށް ވަދެއެވެ. އަބަދުމެ އަމިއްލަ ނަފްސު ކުއްވެރި ކުރާނަމަ އެއީ ފުރިހަމަ ދިރިއުޅުމެއް އުޅުމަށް އެޅޭ ވަރަށްބޮޑު ހުރަހެކެވެ.

މީގެ ހައްލެކަމަށް މޯރިން ބުނަނީ ދުނިޔޭގައި ތިމާއަށް ދިމާވެފައިވާ ރަނގަޅު ކަންކަމާއި ކުރެވިފައިހުރި ރަނގަޅު ކަންކަމަށް ވިސްނާ އަމިއްލަ ނަފްސު ވަރުގަދަ ކުރުމެވެ.

2. އަމިއްލަ ނަފްސަށް ހައްޤުވާ ބާރުތަށް ދޫކޮށެއް ނުލާނެ

ތިމާގެ އިހުސާތަކާއި އަމަލުތައް ބަހައްޓާނެ އިންތަކެއް ކަނޑަނާޅާ އެހެން މީހުންނަށް ތިމާގެ ބާރުތަށް ދޫކޮށްލެވޭތަން އާދެއެވެ. މި ހެން ހެދުމުން ތިމާ ކުރަންވީ ކަންކަން ނިންމަނީ އެހެންމީހުން ކަމަށް ވެގެންދެއެވެ. އެހިސާބުން ތިމާއަށް ލިބެންވީ ކާމިޔާބުގެ މިންވަރުވެސް ކަނޑައަޅަނީ އެމީހުންނެވެ.

ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް އަމިއްލައަށް އެކުލަވާލާ އެއަށް މަސައްކަތް ކުރުމަށް ނިންމާ ނިންމުންތަކަކީ އަދި ކުރާ ކަންކަމަކީ އަމިއްލަ ނިންމުންތަކެއްކަމަށް ހެދުމަށް މޯރިން ބުނެއެވެ.

3. ބަދަލަށް ޖެހިލުން ނުވުން

މޯރިން ބުނާގޮތުން ބަދަލެއް އައުމުގައި ހިމެނެނީ 5 މަރުހަލާއެކެވެ.
1. ބަދަލަށް ވިސްނުމުގެ ކުރި.
2. ބަދަލަށް ވިސްނުން.
3. ބަދަލަށް ތައްޔާރު ވުން.
4. ބަދަލު ގެނައުން.
5. ގެނައި ބަދަލު ދެމެހެއްޓުން.

ދިރިއުޅުމުގައި ބަދަލު ގެންނަންޖެހޭ ކަންކަމާއި ހާލަތްތައް އާދެއެވެ. ވިޔަފާރީގެ ބޮޑު ނިންމުމެއް، ވަޒީފާ ބަދަލު ކުރުން، ދިރިއުޅޭ ތަން ބަދަލު ވުން، ރައްޓެހިން ނުވަތަ ބައިވެރިން ގެއްލުން ހިމެނެއެވެ. މީގެން ކޮންމެ ބަދަލެއްގައިވެސް މަތީގައިވާ 5 މަރުހަލާ ފުރިހަމަ ކުރަން މޯރިން ބުނެއެވެ.

ބަދަލަކީ ގިނަމީހުން ޖެހިލުންވާ ކަމެކެވެ. ނަމަވެސް އެކަމާއި ޖެހިލުންވެ އެކަން ލަސްކުރާނަމަ ލިބޭ ގެއްލުން ދާނީ އިތުރުވަމުންނެވެ. އަދި އެ ވަގުތުގައި އެހެން މީހުން ތިމާއަށްވުރެ ކުރިއަރާ ގޮސްދާނެ ކަމަށް މޯރިން ބުނެއެވެ.

4. ބާރު ފޯރުވެން ނެތް ކަންކަމާއި ނުވިސްނުން

ހުރިހާ ކަންކަމެއްވެސް ތިމާގެ ބާރުގެ ދަށުގައި ބަހައްޓާގެން ބޭނުން ގޮތަކަށް ކަންކަން ކޮންޓްރޯލް ކުރެވޭނެ ނަމަ ތިމާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި އަދި ރައްކާތެރިކަމެއް ލިބޭނެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ބާރު ފޯރުވެން ނެތް ކަންކަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުން އެކަން ނުވެ ދެއެވެ. އެއީ ތިމާގެ އަމިއްލަ ވިސްނުމުގައި ހުރި މައްސަލައެއް ކަން ގަބޫލު ކުރުމުގެ ބަދަލުގައި ވަށާގެންވާ ކަންކަން ބަދަލުކުރާން މަސައްކަތް ކުރެވެނީއެވެ.

ބާރުފޯރުވެން ނެތްކަންކަމާމެދު ވިސްނުން ދޫކޮށްލާށެވެ. އޭރުން ހާސްވާންޖެހޭ ކަންކަން މަދުވެ، އުފާވެރިކަން އިތުރުވެ، ގުޅުންތައް އާލާވެ އިތުރު ފުރުސަތުތަކެއް ހުޅުވޭނެއެވެ.

5. އެންމެން އުފާކޮށްދޭން ނޫޅޭނެ

ވަރަށް ގިނައިން އަހަރެމެންނަށް ވިސްނެނީ އަހަރެމެންގެ އަމިއްލަނަފްސް މިންކުރާނީ އެހެންމީހުން އަހަރެމެންނާއި ދެކޭ ގޮތެއްގެ މައްޗަށެވެ. މީގެ ސަބަބުން އަބަދު އެންމެން ބުނާކަންކަން ކޮށްދީގެން އުފާކޮށްދޭން މަސައްކަތް ކުރެވެއެވެ. މޯރިން މިކަމާއި ގުޅޭގޮތުން 4 ކަމެއް ފާހަގަ ކުރެއެވެ. އެއީ
1. ބޭކާރުވާ ވަގުތުތަކެއް،
2. މީހުން ބޭނުންގޮތަކަށް ތިމާލައްވާ މަސައްކަތް ކުރުވާނެ.
3. ބައެއްފަހަރު ތިމާދެކެ އެހެންމީހުން ރުޅިއައުން އެއީ މައްސަލައެއް ނޫން
4. އެންމެން އުފަކޮށްދިނުން އެއީ ވާނޭކަމެއްވެސް ނޫން. މިއެވެ.

އެންމެން އުފާކޮށްދިނުމުގެ ވިސްނުން ދޫކޮށްލުމަކީ ނަފްސާނީގޮތުން ވަރުގަދަވެ އަމިއްލަ ނަފަސަށް ކުރެވޭ އިހްތިރާމް އިތުރުވާނެ ކަމެކެވެ.

6. ކަލްކިއުލޭޓަޑް ރިސްކު ނެގުމަށް ޖެހިލުން ނުވުން

އެކިކަންކަމުގައި ރިސްކު ނެގުމަކީ އާންމުކޮށް މީހުން ބިރުގަންނަ ކަމެކެވެ. އެއީ ވިޔަފާރީގައި، އާއީލީ ދިރިއުޅުމުގައި ނުވަތަ އަމިއްލަ ނަފްސަށް ކުރާ ކަންކަމެއްގައި ވިޔަސް އެ ބިރު އޮވެއެވެ.

ރިސްކު ނެގުމަކީ އެކަމެއް ކުރުމުން ހާސިލްވާނެ ނަތީޖާ ޔަގީންކަމާއެކު ބުނަންނޭނގި ކުރާކަންކަމެވެ. އޭގެ ސަބަބުން ލިބިދާނެ ގެއްލުމަކީ އެކަމުގައި ހުރި ރިސްކް ތަކެވެ. އެހެންކަމުން އެފަދަ ކަމެއް ކުރުމުން ލިބޭނެ ނަތީޖާ ބިނާވަނީ އެކަމާއި ގުޅޭ މައުލާމާތު ހުރި މިންވަރަކަށެވެ. އޭގައި ހުރި ރިސްކު (ނުވަތަ އެއިން ލިބޭނެ ގެއްލުން) އަގުކުރަން ނޭނގޭ މީހަކު ރިސްކް ނަގަން ވަރަށް ބިރުގަންނާނެއެވެ.

ރިސްކް ނެގުމުގެ ކުރިން ތިރީގައިވާ ސުވާލުތައް ކޮންމެ މީހަކުވެސް ކުރުމަށް މޯރިން ލަފާދެއެވެ.
- މިކަމުން ލިބިދާނެ ގެއްލުން ތަކަކީ ކޮބާ؟
- މިކަމުން ލިބިދާނެ ފައިދާ ތަކަކީ ކޮބާ؟
- މިިކަމުން އަހަރެން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވާނީ ކިހިނެއް؟
- މިކަން ނުކޮށް ލަނޑުދަނޑިތައް ހާސިލްކުރަން ދެން ކުރެވޭން ހުރީ ކޮންކޮން ކަންތައްތަކެއް؟
- އެންމެ ރަނގަޅަށް ކަންކަން ގޮސްފިނަމަ ލިބޭނެ ރަނގަޅުނަތީޖާ ތަކަކީ ކޮބާ؟
- އެންމެ ނޭދެވޭގޮތަށް ވެގެންދާނީ ކޮންބައެއް އަދި އެކަމަކުން ސަލާމަތްވާނެ ގޮތަކީ ކޮބާ؟
- އެންމެ ގޯސްކޮށް ކަންކަން ގޮސްފިނަމަ ކިހާބޮޑު ގެއްލުމެއްވާނެ؟
- މީގެ 5 އަހަރު ފަހުން މިކަމާމެދު ދެކޭނީ ކިހިނެތް؟

މިގެނެސްދިނީ މިފޮތުގައި މޯރިން ފާހަގަކޮށްފައިވާ 13 ކަމުން 6 ކަމެކެވެ. އިތުރު 7 ކަންތައް އެހެން އާޓިކަލްއަކުން ގެނެސްދޭނަމަވެ.
ނަފްސާނީ ސިއްހަތު
ހިޔާލު

އިމާމް

މާތް ﷲ އަށް އެންމެ ތަގުވާވެރިމީހާ ނަފްސާނީ ގޮތުން ވަރުގަދަ ނުވާނެއޭ މީގައި އެބައޮތްތަ ނައިންޓީ

ނައިންޓީ

ނަފްސާނީ ގޮތުން ވެސް އެންމެ ވަރުގަދަ މީހަކީ ﷲ އަށް އެންމެ ތަގުވާވެރި މީހާ... މީހުން ވާވައްދަން ފޮތް ނެރުނަސް އަހަރެމެނަށް މާކުރިން ތިޔަށް ވުރެން ރަނގަޅހަށް ތި ކަންކަން އެނގޭ މޮޔަޔާ...

ޢަހުމަދު

ތިމާއަށް މާބޮޑައް އިގެން ހަދައިގެން ހުވަފަތްވި އަންހެނެއްތީ....

ކަން

ދީނީ މީހުންނަކީ މަލާއިކަތުންނެއް ނޫނެވެ. އެއީވެސް ހަމަ އާދައިގެ އިންސާނުންނެވެ. އިންސާނުން ވިއްޔާ ޝަހުވަތްތަކެއްވެސް ހުންނާނެއެވެ. އީމާން ކަމަކީ ދަށްވެފައި މަތިވާއެއްޗެކެވެ. އެންމެ މާތްމީހަކީ ފާފައެއް ކުރެވުމުން ލަސްނުކޮށް ތައުބާވާމީހާއެވެ. ދީނަކީ ވަކި މީހަކު އުނގެނެން އޮންނަ އެއްޗެއް ނޫނެވެ. ވަރަށް ސަލާމް..

ނަން

ކީއްވެ ދީނީ މީހުންނަށް މިކަންތައް މިގޮތަށް ކޮންޓްރޯ ނުކުރެވެނީ؟

އަލީ

ނަފްސްކޮންޓްރޯލް ކުރާށޭ ބުނެލަން ވަރަށް ފަސޭހަވާނެ ކޮންމެ މީހަކަށް ވެސް. އެކަމަކު ކަންކަން ދިމާވީާމAދެން...

ހަނދުކޭތަ

މިރޫޒު، ތިވާހަކަ އޮތިއްޔާ ކީއްވެ ކުރިން ތިވާހަކަ ނުދެއްކީ. މީހަކު އެއްޗެއް ހޯދާފަ އެވާހަކަ ދައްކާ އިރަށް ބުނާނެ އަހަރެމެންނަށް އިނގެޔޭ ތިވާހަކަ، އެނގޭ ބަޔަކު އަހަރެމެން މިއުޅޭ ނިކަމެތި ހާލަތުަގައި ނުއުލޭނެ

މިރުޒޫޤް

ނަފްސް ކޮންޓްރޯލް ކުރުމަށް އެއޮތީ އިސްލާމްދީނުގަ އަންގަވާފައޮތްގޮތް އެގޮތަށް އަމަލް ކުރުމުން އެހުރީ ނަފްސް ކޮންޓްރޯލް ވެފަ ފަރުދީ ގޮތުން އަދި އިޖްތިމާއީ ގޮތުން

ނަފުސާނީ ބަލިމީހާ

މީ ތާކުން ތާކުން ޖެހޭ ވާހަކަ ތަކެށް ނޫން