1Kg ah vure gina masthuva thakehchaai eku Kaadehdhoo Meehaku hayyaru koffi
image
ފުލުހުން އަތުލި މަސްތުވާ ތަކެތި
0 ކޮމެންޓް
 

ކިލޯއަކަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއި އެކު ކާޑެއްދޫން މީހަކު ހައްޔަރުކޮށްފި

އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާ ތަކެއްޗާއި އެކު ގދ ކާޑެއްދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ ރޭ މާލެއިން ކާޑެއްދޫއަށް ދިޔަ ފްލައިޓަކުން ގދ އަތޮޅަށް އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗަކާއި އެކު 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އަދި އޭނާ ކާޑެއްދޫ އެއާޕޯޓުން ހައްޔަރުކުރީ ދަންވަރުކަމަށްވެސް ފުލުހުން ބުނެއެވެ.

އެމީހާގެ ބަންދަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދަށް 15 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ހިޔާލު