DRONE VIDEO: Nala Nala N. Holhudhoo Mathin Balaalintha?
image
ނ. ހޮޅުދޫ
9 ކޮމެންޓް
 

ޑްރޯޯން ވީޑިއޯ: ނަލަނަލަ ނ. ހޮޅުދޫ މަތިން ބަލާލިންތަ؟

އަތޮޅުގެ 2 ވަނައަށް އެންމެބޮޑު އާބާދީއާއެކު ނ. ހޮޅުދޫއަކީ ތަރައްގީގައި ކުރީގައި އުޅޭ ރަށެކެވެ.
ރަށުގެ މީހުންގެ އަދަދު 2038 އަރާއިރު 2006 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން އޭގެ ތެރެއިން ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 1527 މީހުންނެވެ. އެއީ 680 އަންހެނުން އަދި 847 ފިރިހެނުންނެވެ. ގިނަ އަދަދެއްގެ ބަޔަކު ކާރި ރިސޯޓްތަކުގައާއި މާލޭގައި ވަޒީފާއަދާކުރަމުންދާއިރު މާލެއަށް ކިޔެވުމަށް އައިސްފައިވާ ޒުވާނުންވެސް މަދެއް ނޫނެވެ.

ހޮޅުދޫގެ ނަލަކަން ނައިފަރީ ޕްރޮޑަކްޝަންގެ ފަރާތުން ތައްޔާރުކޮށް ޔޫޓިއުބުގައި ޕަބްލިޝްކޮށްފައިވާ ވިޑިއޯގައި ހޮޅުދޫއަށް އައިސްފައިވާ އުމްރާނީ ތަރައްގީ ފެނެއެވެ.

ވީޑިއޯ - ނައިފަރީ ޕްރޮޑަކްޝަން

ޒަމާނުއްސުރެއް ހޮޅުދޫއަށް ދިމާވެފައި ރަށްގިރުމުގެ މައްސަަލައަށް ވަނީ މިހާރު ހައްލު ކުރެވިފައެވެ. ދައުލަތުގެ ހަރަދުގައި ހޮޅުދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ނިންމާލާފައިވަނީ 2016 ވަނަ އަހަރުގައެވެ.

- މިއީ ނ. ހޮޅުދޫ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ ކުރީގެ މަންޒަރެކެވެ.

ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު މޫދަށް އެރިލާނެ ރީތި ގޮނޑުދޮށެއް މިހާރުވަނީ ހެދިފައެވެ. އަދި ރަށުގެ ފުޓްސަލް ދަނޑުވެސް މި ވީޑިއޯއިން ފެނިގެން ދެއެވެ.
ހިޔާލު

ޕޮގުބާ

ހޮޅިދުއަށް ވެލާ އަރާތަ؟ މިހާރު.

ލޮލް

ޢަހުމަދު ދެން ޖޭވިޔަސް ތިދެން ބޮޑުވަރު!! ހޮޅުދޫ އަކީ ނަންބަރު ވަން!! ދެން ލަލަލާ!!

އަހުމަދު

ވެލިދޫ އަކީ ނ. އަތޮޅިގައި އޮތް އެންމެ އާބާދީ ބޮޑު އަދި އެންމެ ތަރައްގީ ރަށް. ޑޮރޯން އިން ބަލާލަން މާ ޗާލުވާނެ.

އަޒްކްރިކް

ވަރަށް ސަޅި ވީޑިއޯ .. އަދި ވަރަށް ސަޅި ހޮޅުދޫވެސް. މިކަހަލަ ވީޑިއޯތައް ކުން ރާއްޖޭގެ ހުރިހާ ރަށެއްވެސް ބަލާލަން ބޭނުން.

އިނޫ

މީހުން ވީޑިއޯކުރެއޭ ބުނާއަޑުއިވިގެން މިއޮތީ ވީޑިއޯކޮއްފައި.

އައްމަކަލޯ

ވީޑިއޯ ކޮށްފައިހުރި ގޮތް ވަރަށް ކަޑަ.. މުޅިރަށް އަރާވަރަށް ޑްރޯން މަތިކޮށްލިނަމަ ވަރަށް ސަޅިވީސް.

ރަށްރަށް

ވަރަށް ރީތި، އެންމެ ފަހުގެ ތިންހަތަރު ސިކުންތު އިތުރަށް ހިތްގައިމު.
ހޮޅުދުއެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ގިނަ ރަށްތައްވެސް ހަމަ މިހާ ރީތިވާނެ. ތަފާތަކީ މިގޮތަށް ވީޑިއޯކުރެވި ބަލާލެވެން ނެތްކަން.

ޢ

ވަރަށް ރީތި މާޝާ ﷲ

އަހުމަދު

ރަނގަޅު