Track Kandaigen Dhiumun Dhathithakaa Kurimathivehje
image
3 ކޮމެންޓް
 

ޓްރެކް ކަނޑައިގެން ދިއުމުން ދަތިތަކާ ކުރިމަތިވެއްޖެ

މާލޭ ދެކުނުފަރާތުގައި އަޅާފައިވާ ފަތާ ޓްރެކް ކަނޑައިގެން ދިއުމުގެ ސަބަބުން ޓްރެކް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.
ޓްރެކް ކަނޑައިގެން ދިޔައީ އީދު ބަންދާ ދިމާކޮށް މޫސުން ގޯސްވެ އުދަ އަރަން ފެށުމުން ޓްރެކް އޮތް ސަރަހައްދު ގަދަވުމުގެ ސަބަބުންނެވެ.

ފަތަން ދާ މީހުން ބުނާ ގޮތުގައި ޓްރެކް ހަރުކުރުމަށް ޖަހާފައިވާ ޗޭނުތައް ކަނޑައިގެން ގޮސް ޓްރެކް ބޭނުން ކުރުމަށް ވަނީ ދަތިވެފައެވެ."ބައެއް ފަހަރު އެއްގަމުތޮށިގަނޑު ކައިރީގައި މޫދުގައި ބަހައްޓާފައިވާ ހިލަތަކުގައިވެސް ޖެހޭ. އެއްވެސް ހިފެހެއްޓުމެއް ނެތް. މިހާރު ދުވަސްކޮޅެއް ވެއްޖެ. މިގޮތަށް ދިމާވެފައި އޮންނަތާ،" އާންމުކޮށް ފަތަން ގެންދާ ކުއްޖެއްގެ ބެލެނިވެރިއަކު ވީއެފްޕީ އަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި ޓްރެކް ކަނޑައިގެން ދިއުމުގެ ސަބަބުން ސްވިމިން އެސޯސިއޭޝަނުގެ ސަމާލުކަމަށް ވަނީ އެކަން ގެނެސްފައެވެ. ނަމަވެސް އަދި ވެސް ހައްލެއް ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.ޓްރެކް ކަނޑައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން އެސޯސިއޭޝަނުން ބުނީ ޓްރެކް ކަނޑައިގެން ގޮސްފައިވަނީ އުދަ އަރައިގެން މާބޮޑަށް ފަޅުތެރެ ގަދަވެގެންކަމަށާއި އެކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރާކަމަށެވެ.

"ޗޭން ޖަހައިގެން ހަރުކޮށްފައި އޮންނާނީ. ޗޭން ކަނޑައިގެން މިދަނީ އުދަ އަރައިފަޅުތެރެ މާބޮޑަށް ގަދަވުމުން. އަނެއްކާވެސް ޗޭން ޖަހައިގެން ރަނގަޅުކުރުމުގެ މަސައްކަތް ކުރާނަން މަޑުވުމުން،" އެސޯސިއޭޝަނުގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗޭން ޖަހައިގެން ހަރުކުރަނީ ފަޅުތެރޭގެ ހާލަތަށް ބަލައިގެންކަމަށާއި މާވަރުގަދަ ޗޭން ޖަހައިގެން ހަރުކުރަން ހަދައިގެން ޓްރެކަށް ވެސް ގެއްލުމެއް ލިބިދާނެތީ އެކަންކުރަނީ ވަރަށް ބަލައިގެންކަމަށެވެ.
ހިޔާލު

މުރުޝިދު

ޓްރެކް އަޅާފަ އޮންނަކަން އެކަނި.. ބަލަހައްޓާނެ ބަޔަކު ނެތް.. މޫދަށް އެރޭ މީހުން ރަގަޅު ކަމުން ސާފްކުރަނީވެސް... އީދު ބަންދު ތެރޭގައިވެސް ޓްރަކް ގެ އެތަންމިތާ ހުރީ ބަޔަކު ސީ ލާފައި ބޮޑެތި ސީ ބުރިވަރު ބުރިވަރު ހަރުދަނޑިވެފައި... ދެން މޫދަށް އެރެންދާ މީހުން ފަކުރުން ތިބެ ވެސް ސާފްކުރީ.. ބަލަހައްޓާނޭ ބަޔަކު ނެތް ކީއްކުރާނީ ޤައުމުގެ ހާލަތު

މޯޑު

މިހާރު މޫދަށް އެރިލާފައި ފެންވަރާލެވޭނެ ގޮތެއްވެސް އެސަރަހައްދުން ލިބެންވެސް ނުހުރޭ. ހެޔޮފުޅުކަމުން.

ދުވާފަރު މީހާ

ދެން މައްޗަށް ނަގާފަ ބަހައްޓާ އޭރުން ނުދުވާނެ އެއްނު