Maziya aai TC ah point eh
image
މާޒިޔާގެ ރަކިޗް (ކ) އަތުން ބޯޅަ ހޯދަން ޓީސީގެ ބެންޖޯ ޓެކުލް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
0 ކޮމެންޓް
 

މާޒިޔާ އާއި ޓީސީއަށް ޕޮއިންޓެއް

ދިހަ ކުޅުންތެރިންނާއިއެކު މެޗް ނިންމާލި މާޒިޔާއާއި ޓީސީ ވާދަކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
އެސްޓީއޯ މާލޭ ލީގުގައި ޓީސީ އަދި މާޒިޔާ ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މިި މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން މާޒިޔާ ކުޅެމުން ގޮސްފައިވަނީ 10 ކުޅުންތެރިންނާއި އެއްކޮށެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޓީސީގެ އަބްދުﷲ ހަނީފަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އަމީޒްވަނީ މަޒީޔާގެ އައްސަދު އަލީއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި ނާތީޖާއާއި އެކު ވެސް އެޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދާފައެވެ. އެއީ ލީގުގައި ބާކީ ތިން މެޗު އޮއްވާ މާޒިޔާ އިން ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންކުރީ ދެން ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެ ޓީމަށް ގަދަ ހަތަރަކުން ފުރުސަތު ނުގެއްލޭނެތީ އެވެ. އެއީ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޓީސީ ހަ ވަނައިގައި އޮތްއިރު، އެ ޓީމު ދެން ކުޅޭ ތިން މެޗުން މޮޅުވިޔަސް މާޒިޔާއާ ހަމަނުކުރެވޭނެއިރު، ދެން އޮތް ގްރީން ސްޓްރީޓްސް، ނިއު ރޭޑިއަންޓް، އީގަލްސް އަދި ވިކްޓަރީ އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭތީ އެވެ.

މި ނަތީޖާއާއިއެކު ޓީސީވަނީ ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ. 15 ޕޮއިންޓުން ޓީސީ އަދި ވިކްޓްރީ ހަމަހަމަވިއިރު، ޓީސީއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މާޒިޔާ އޮތީ ތާވަލްގެ އެއްވަނައިގައި ފަންސަވީސް ޕޮއިންޓާއިއެކުގައެވެ.
ހިޔާލު