TfG inn Inthizaamu Kohgen Addu aai L. Atholhugai Dhuvumuge Harakaai Thakeh
image
"ރަންއިންމޯލްޑިވްސް" އާއި ގުޅޭ ގޮތުން ޒިނާން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ވީއެފްޕީ
1 ކޮމެންޓް
 

ޓީއެފްޖީން އިންތިޒާމުކޮށްގެން އައްޑޫ އާއި ލ. އަތޮޅުގައި ދުވުމުގެ ހަރަކާތްތަކެއް

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ލ. އަތޮޅުގައި ދުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. leaward
ޓީއެފްޖީ އަށް މިއަދު ހަތް އަހަރު ފުރިފައިވާއިރު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ "ރަންއިންމޯލްޑިވްސް" ސީރީޒްގެ ދަށުން އައްޑޫ އާއި ލ. އަތޮޅުގައި ބާއްވާ ދުވުމާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.

"ރަންއިންމޯލްޑިވްސް" ސީރީޒްގެ ދަށުން އައްޑޫގައި ބާއްވާ ދުވުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 އަދި 16 ވަނަ ދުވަހުއެވެ. ލ. އަތޮޅުގައި ބާއްވާ ދުވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 އަދި 27 ވަނަ ދުވަހުއެވެ.

އައްޑޫގައި ބާއްވާ ދުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ.

އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު "ކިޑްސް ޑޭޝް" ގެ ނަމުގައި ތިން ކިލޯމީޓަރުގެ ދުވުމެއް ބާއްވާއިރު އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށްގެން، ހަމަ އެ ދުވަހު ހަތަރު ކިލޯމީޓަރުގެ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ފަސް ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރުގެ ދުވުމާއި ހާފް މެރަތަން ދުވުމާއި އަދި ފުލް މެރަތަން ދުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫގައި ބާއްވާ ހަރަކާތުގެ ރެޖިސްޓްރޭޝަން އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ހުޅުވާލާއިރު، އައްޑޫގައި ބާއްވާ ދުވުމުގެ ރޫޓުތައް މިމަހުގެ 20 ވަނަ ދުވަހު އާންމުކުރާނެއެވެ.

އައްޑޫ އާއި ލ. އަތޮޅުގެ މަގުތަކަކީ ދުވުމަށް ހިތްގައިމު މަގުތަކެއްކަން ފާހަގަކުރައްވަމުން ޒިނާން ވިދާޅުވީ، ދުވާ ފަރާތްތަކުން އައްޑޫ އާއި ލ. އަތޮޅުގައި "ޓީއެފްޖީ" ގެ ފަރާތުން ދުވުންތައް އިންތިޒާމުކޮށްދިނުމަށް އެދެމުންދާ ކަމަށާއި އަދި އެކަން ކޮށްދެވޭނީ "ޓީއެފްޖީ" އަށް ކަމަށް އެފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

އައްޑޫ އާއި ލ. އަތޮޅުގެ ގައި އިންތިޒާމުކުރާ ދުވުންތައްވެސް ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޓީއެފްޖީ އިން އިންތިޒާމުކޮށްގެން، 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހުޅުމާލޭގައި ދަނީ ލޯންގްރަންގެ ނަމުގައި ދުވުމުގެ ހަރަކާތެއް ބާއްވަމުންނެވެ. އެގޮތުން ޓީއެފްޖީ ކޮކާކޯލާ ލޯންގްރަން 2017 ގެ ނަމުގައި މިއަހަރު ބާއްވާފައިވަނީ އެޕްރީލް މަހު ހުޅުމާލޭގައި ވަނީ ދުވުމެއް ބާއްވާފައެވެ.

"ރަންއިންމޯލްޑިވްސް" ސީރީޒްގެ ދަށުން ހުޅުމާލޭގައި ވެސް ދުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.
ހިޔާލު

ބުރޯ

އެޓްލެޓިކްސް އެސޯސިއޭސަންއަށް ތިވަރުގެ ކަމެއްވެސް ނުވިދޯ... ޓޮލާލުމެން ކީއްތަތިކުރަނީ...