Iheaven Master Plan mimahu nimeyne
image
އައިހެވަން އޮންނާނެ ގޮތުގެ ކުރެހުމެއް
4 ކޮމެންޓް
 

އައިހެވަން މާސްޓަރ ޕްލޭމް މިމަހު ނިމޭނެ

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން މިމަހަށް ނިންމާލައި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މިއަދު ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުނީ މާސްޓަރ ޕްލޭނާއި އެއާޕޯޓާއި މަގުތަކުގެ އިތުރުން އިންޑަސްޓްރިއަލް ޒޯން އޮންނާނެގޮތް ތަފްސީލު ކުރެވިފައިވާނެކަމުގައެވެ.

މިމަހު އައިހެވަން މާސްޓަރ ޕްލޭން ނިމޭނެކަމަށް ސައީދު ވިދާޅުވިއިރު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މި އަހަރުގެ ފެބްރިއަރީ މަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އޭޕްރީލް މަސް ނިމުނުގެ ކުރިން އައިހެވަން މާސްޓަރ ޕްލޭން ނިމި އައިހެވަންގެ ތަރައްޤީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

އޭޕްރީލްގެ ކުރިން އައިހެވަންގެ މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އިރު މާސްޓަރ ޕްލޭން އެކުލަވާލުމަށް ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ގްރޫޕާއި 2016 ވަނަ އަހަރު ނޮވެމްބަރު އެއް ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

އެސްޖޭއާ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އައިހެވަންގެ މާސްޓާ ޕްލޭން ހަދަނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ދާއިރާކަމަށްވާ އެއާޕޯޓަކާއި، ޓްރާންޝިޕްމަންޓް ބަނދަރަކާއި، ބަންކަރިންގެ ހިދުމަތާއި، ރިއަލް އެސްޓޭޓާއި، ޝޮޕިން މޯލްތަކުގެ އިތުރަށް، ރިސޯޓް މަޝްރޫއުތަކަށް އަމާޒުކޮށްގެން ނެވެ.

އެއް ބިލިއަން ޑޮލަރުގެ އައިހެވަން މަޝްރޫއަކީ މަދުވެގެން 14000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ހިންގާ ޕްރޮޖެކްޓެކެވެ.


ހިޔާލު

މުހައްމާ

ތިޔަކުން ރައްޔަތުންނައްކުރާނެ ފައިދާއެއްނޯންނާނެ ވަކިބަޔޚައް ތީގެންވެސް ފައިދާކުރާނީ. ޜައްޔަރުމީހާ ހުންނައްޖެހޭނި ހުސްބަޑާ

ޤައުމުގެއަޑު

ސިންގަޕޫރުގެ ޖުރޮންގް މީހުން ހަމަ އެހާ ފަރުވާކުޑަތަ؟ 4 މަހުން ނިންމަން ހަވާލުކުރިކަމެއް އޭހެ ދެގުނަ 8 މަސްވާއިރުވެސް ނުނިމިގެން އުޅެނީ؟ ސައީދު އިތުރުފުޅު ނުހައްދަވާ ރަނގަޅަށް ވިދާޅުވޭ އެމީހުންނަށް ތިކަން ހަވާލުކުރިތަ ނޫނީ ކުރީގެ އައިއެންއީއޭ ނުވަތަ މިހާރުގެ ވެލާނާ އެއަރޕޯޓްގެ ޕްލޭނުތަ ހަވާލުކުރީ؟ އައިހެވަން މާސްޓަރ ޕްލޭނަކީ ޖުރޮންގު މީހުން ކުރަމުން އަންނަ މަސައްކަތެއްކަމަކަށް ނެތް އެމީހުންގެ ވެބްސައިޓަކު ކުޑަ މަސައްކަތެއް ކުރިޔަސް އަޕްޓޭޓްކުރާ ބައެއްއެއީ.. ތި ވެލާނާ އެއަރޕޯޓްގެ ޕްލޭނުތަށް ހެދިކަމަށް އެބައޮތް އެ ސަރުކާތުން ނުދައްކާ ސިއްރުވާހަކައެއް..ތިރީގަ މިއޮތް ލިންކުން ބައްލަވާލީމަ ސާފުވާނެ ހުރިހާކަމެއް.. https://surbanajurong.com/projects/

ތައްޔާރު

ފުރަތަމަ މަޖިލިސް ހުޅުވަބަލަ

ސައްޕޭ

ދެންމެ ދެންމެ ބޭރުކޮށްލާފާނެތީ މިހާރު ގޮތްދައްކަނީ، މިހާރު ދިވެހިރައްޔިތުންނެއް ނުހެއްލޭނެ...