Nafsaanee Gothun Varugadha Meeha Nukuraane 13 Kamun 7 Kameh
image
އެމީ މޯރިން
5 ކޮމެންޓް
 

ނަފްސާނީގޮތުން ވަރުގަދަ މީހާ ނުކުރާނެ 13 ކަންތަކުން 7 ކަމެއް

މަސައްކަތުގެ ދާއިރާގައި އަދި އާންމު ދިރިއުޅުމުގައިވެސް ދިމާވާ އެކި ކަންކަމުން ނަފްސާނީގޮތުން މީހާ ބަލިކަށިކޮށްލައެވެ. އެފަދަ މިކަމުން ސަލާމަތްވުމަށް ތައްޔާރުވެ ހުރުމަކީ ހުނަރެކެވެ. އެއީ ދަސްކުރެވޭނެ ކަމެކެވެ.
މި ފަހަރު މި ގެނެސްދެނީ "ނަފްސާނީގޮތުން ވަރުގަދަ މީހާ ނުކުރާނެ 13 ކަންތައް" ނަމުގައި އެމީ މޯރިން ނެރެފައިވާ ފޮތާ ގުޅޭގޮތުން އެ ފޮތުގައިވާ ކަންކަން ފާހަގަ ކޮށް ލިޔުނު އަޓިކަލްގައި ފަހުން ގެނެސްދޭން ބޭއްވި 7 ކަމެއްގެ ވާހަކައެވެ. ނަފްސާނީގޮތުން ވަރުގަދަ މީހާ ނުކުރާނެ 13 ކަންތަކުން 7 ކަމެކެވެ.

7. މާޒީގައި ވެފައިވާ ކަންކަން ކަމުގައި ހިފައިގެން ނޫޅޭނެ

ވަރަށްގިނަ ފަހަރު މާޒީގައި ވެފައިވާ ކަންކަމުގެ ސަބަބުން އިސްނެގުމަށް ފަސްޖެހި މާޔޫސްކަން އިހުސާސް ކުރެވެއެވެ. އަދި އެކަމާމެދު މާބޮޑަށް ފިކުރުކޮށް އެއްވެސްކަމެއް ރަނގަޅު ނުވާނޭ ހިތަށް އަރައެވެ. މީގެ ސަބަބުން ވަގުތުން ވަގުތަށް ކުރަންޖެހިފައިވާ ކަންކަމަށް ހުރަސްއެޅެއެވެ. އަދި އާފުރުސަތުތައް ކުރިމަތީގައި ފެންނަންހުރެމެ އެކަމަށް އިސްނުނެގިދެއެވެ.

މާޒީގައި ވެފައިވާ ކަންކަމަކީ ބަދަލު ކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަމާ ފިކުރު ކުރުމުގެ ބަދަލުގައި އެއިން ފިލާވަޅު އުނގެނި ކުރިމަގު އުޖާލާ ކުރާށެވެ.

8. ނުރަނގަޅުކޮށް ކުރެވޭކަންކަން ތަކުރާރެއް ނުކުރާނެ

މާޒީގައި ކުރެވުނު ކަންކަމާމެދު ވިސްނާ ފިލާވަޅު ދަސްކުރުމަކީ އެކަން ތަކުރާ ނުކުރުމަށް ކުރުން މުހިންމު ކަމެކެވެ. ކޮންމެ ކަމެއް ކުރުމަށްފަހު އެކަމެއްގައި ގޯސްކޮށް ހިނގާފައިވާ ކަންކަން ދެނެގަނެ ރަނގަޅު ކުރެވޭނެ ގޮތްތައް ބަލަންޖެހެއެވެ. އަދި ގޯސްކޮށް ކުރެވުނު ކަންކަން ތަކުރާރު ނުކުރުމަށް އެކަން ކުރާނެ އެހެން ގޮތެއް ހޯދަންޖެހެއެވެ.

ނަފަސާނީގޮތުން ވަރުގަދަ މީހާ އެމީހާއަށް ނުރަނގަޅުކޮށް ކަމެއް ކުރެވިފައިވާނަމަ އެކަން ގަބޫލުކުރާނެއެވެ. އަދި ވިސްނުންތެރިކަމާއެކު އެފަދަކަމެއް ނުކޮށް ކަންކަންކުރެވޭނެ ގޮތެއް ޕްލޭންކޮށް ލިޔެފައި ބާއްވާނެއެވެ.

9. އެހެން މީހުންނަށް ކާމިޔާބު ލިބުމުން އެކާމޭ ފޫހިވެ ނުވަތަ ހަސަދަވެރި ނުވާނެ

އެހެން މީހުންނަށް ލިބޭ ކާމިޔާބީއަށް ފޫހިވުމަކީ ސިކުނޑީގައި އެއްކުރެވޭ ރުޅިވެރިކަމުގެ އިހުސާސެކެވެ. އަދި މި ރުޅިވެރިކަން އިތުރުވެ ބޭކާރު ވިސްނުންތަކެއް ސިނކުޑީގައި ހަރުލާ އަމިއްލަ ކުރިއެރުމަށް ހުރަސްއެޅެއެވެ. އެހެން މީހުންގެ ކާމިޔާބީތަކަށް ތިމާގެ ނަޒަރު ހުއްޓުފައިވާނަމަ ތިމާގެ އަމިއްލަ ކުރިއެރުމަށް ސަމާލުކަންދެވޭވަރު ކުޑަވެގެން ދެއެވެ.

އަދި ތިމާއަށް ކިތަންމެ ކާމިޔާބީއެއް ލިބުނަސް އެކަން އަމިއްލަ ނަފްސަށް އިހުސާސް ނުކުރެވިދާ ސަބަބެއްކަމަށް މިކަންވެގެން ދާކަމަށް މޯރިން ފާހަގަކުރެއެވެ

10. ފުރަތަމަ ފަހަރު ނާކާމިޔާބުވިޔަސް އުންމީދު ކަނޑާނުލާނެ

ނާކިމިޔާބީއަކީ ކޮންމެމީހެއްގެ ހަޔާތުގައިވެސް ކޮންމެވެސް ހިސާބަކުން ކުރިމަތިލާނެ ކަމެކެވެ.ނާކާމިޔާބީގައި ހިތްވަރު އެލުވާނުލާ ތެދުވެ އަލުން ތިމާގެ މަންޒިލަށް ދިއުމަށް ހިނގާގަންނަންޖެހެއެވެ.

އަލީބާބާގެ ސީއީއޯ ޖެކް މާ އަކީ މިފަދަ މިސާލެކެވެ. އޭނާގެ ކުންފުނި ހެދުމުގެ ކުރީން އޭނާވަނީ 30 ވަޒީފާއަކަށް ވަންނަން އުޅެ އެކަން ނުވެފައެވެ. އޭގެ ތެރޭގައި ކޭއެފްސީއަށް ވަންނަން ކުރިމަތިލި 24 ކުދީންގެ ތެރެއިން 23 ކުދިން ހޮވިއިރު އޭނާވަނީ ބާކީ ކޮށްލާފައެވެ. ނަމަވެސް ހިތްވަރު އެލުވާލާ އޭނާ މަސައްކަތްކުރުން ހުއްޓައެއް ނުލައެވެ. އޭނާއަކީ މިހާރު ޗައިނާގެ އެންމެ މުއްސަނދި މީހާއެވެ. އުންމީދު ކަނޑާނުލާށެވެ.

11. އެކަހެރިކޮށް ވަގުތު ހޭދަކުރަން ބިރު ނުގަންނާނެ

އަމިއްލަ ހަޔާތާއި މެދުވިސްނާ ކުރިމަގު ބައްޓަންކުރާނެ އާގޮތްތަކާއިމެދު ހިޔާލުކޮށްލާން އެކަނި ވަގުތު ހޭދަކުރަންޖެހެއެވެ. މިއީ އެކަނި ވެރިވުން އަދި ދެރަކަމެއްވެސް ނޫނެވެ.

މޯރިން ބުނާގޮތުން މީގެ ސަބަބުން މަސައްކަތްތަކުގައި ތިމާގެ ހުނަރު އިތުރުވެ، އެހެންމީހުންގެ އިހުސާސްތައް ހިތައް ގެނެވި، އާކަންކަމާމެދު ވިސްނާލެވި، ރަނގަޅު ނޫންކޮށް ކުރެވިފައިވާ ކަންކަން އިސްލާހު ކުރުމުގެ ފުރުސަތަކަށް ވެގެންދެއެވެ.

12. ތިމާއަށް ލިބެން ޖެހޭނެ ބައިވަރުތަކެއް ވާކަމަށް ގަބޫލު ނުކުރާނެ

ކަންކަނުވެ ފެއިލްވުމުން އެކަމާމެދު އެހެންމީހުން ކުއްވެރިކޮށް ރުޅިއައުމަކީ ފަސޭހަކަމެކެވެ. ނަމަވެސް ހަގީގަތަކީ ކާމިޔާބީއަކީ ތިމާކުރާ މަސައްކަތަން ހޯދަންޖެހޭ އެއްޗެއް ކަމެވެ. އެއީ އެހެންމީހަކު ތިމާއަށް ދޭންޖެހޭ އެއްޗެއް ނޫނެވެ. މޯރުން ބުނާގޮތުން "ދުނިޔެއޮތީ އެންމެނަށް ހަމަަހަމަކޮށެއް" ނޫނެވެ. ބައެއް މީހުންނަށް ކާމިޔާބު ލިބޭހިނދު އަނެއް ބަޔަކަށް ނާކާމިޔާބު ލިބޭތަން އާދެއެވެ. އެއީ ދުނިޔޭގެ ހަގީގަތެވެ.

އެހެން މީހުންގެ ދިރިއުޅުމާ އަޅާކިޔާ އެކަމުގެ ރުޅުވެރިކަން ހިތުތެރޭގައި ބޭއްވުމުން ތިމާއަށް ލިބެންޖެހޭ އެއްޗެއް ނުލިބޭކަމަށް ހީތައްއަރާ އިތުރު ހާސްކަމާ ހިތާމަ ލިބުންނޫންކަމެއް ނުވާނެއެވެ. ރަނގަޅު ގޮތަކީ އަމިއްލަ ކުށްތައް ގަބޫލު ކުރުމާއެކު ފާޑުކިއުންތައް އަންނާނެކަން ގަބޫލު ކުރުމެވެ. އަދި އެއާއެކު ތިމާ ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް އަމާޒު ހިފެހެއްޓުމެވެ.


13. ވަގުތުން ވަގުތަށް ނަތީޖާ ފެންނަންޖެހޭނެ ކަމަށް ގަބޫލު ނުކުރާނެ

މޯރިން ބުނާގޮތުން ނަފްސާނީ ގޮތުން ބަލިކަށިމީހުންގެ ގައިގައި ކެއްތެރިކަމެއް ނުހުންނާނެއެވެ. އެމީހުން އަބަދުވެސް އެމީހުންގެ ގާބިލްކަން (ހުރިވަރަށްވުރެ ބޮޑަށް ހުރިކަމަށް) އޯވަރ އެސްޓިމޭޓް ކުރަނެއެވެ. އަދި ކަންކަން ވާން ނަގާ ވަގުތަށްވުރެ އަވަހަށް އެކަން ވާންޖެހޭނެ ކަމަށް ގަބޫލު ކުރާނެއެވެ. އެހެން ކަމުން އެމީހުންވ ވަގުތުން ވަގުތަށް ނަތީޖާ ހާސިލްވާނެކަމަށް ގަބޫލުކުރެއެވެ.

މުހިންމު ކަމަކީ ހާސިލްކުރަން ބޭނުންވާ ބޮޑު މަގުސަދުގެ މަތީން ހަނދާން ނައްތާ ނުލުމެވެ. ދިގުމުއްދަތުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ކެނޑިނޭޅި މަސައްކަތް ކުރުމެވެ. ދަތުރުގައި ނާކާމިޔާބުވާ ކަންކަން އައި ނަމަވެސް ކުރިއަށް ދެވުނުވަރު ބަލާ ބޮޑު މަންޒިލަށް މަސައްކަތް ކުރެވޭނަމަ ކާމިޔާބު ހާސިލްކުރެވޭނެއެވެ.

ކިޔާލަން ރަނގަޅު ފޮތެއް

"ނަފްސާނީގޮތުން ވަރުގަދަ މީހާ ނުކުރާނެ 13 ކަންތައް" މިފޮތަކީ މަސައްކަތުގެ ދާއިރާގައާއި އަދި އާންމު ދިރިއުޅުމުގައިވެސް ނަފްސާނީގޮތުން ވަރުގަދަ މީހަކަށް ވުމަށްޓަކައި ކިޔާލަން ރަނގަޅު ފޮތެކެވެ.
ހިޔާލު

ާއަހުމަދު

އިކުރާމަށް ނުފެންނަނީހެން ހީވަނީ... ދީނީ އަދި ސިޔާސީ ކޮމެންޓު ހުރޭ ކޮއްފަ ހުރިހާ ތިކަހަލަ ކަންކަމައްވެސް..

މަ

ކޮމެންޓް ނުޖަހަންޏާ ހިޓެއް ނުލިބޭނެ. ބަލާ ކޮމެންޓް ނުޖަހާ ސައިޓްތައް. ކިތަންމެ މޮޅު އާޓިކަލެއް ޖެއްސަސް ނުހިނގާ

އިކްރާމް

މިގެ ދެއާޓިކަލް މިނޫހުން ކިޔާފިން . ކޮމެންޓުކުރާ ބައެއް މީހުން ދީނާ ގުޅުވާނުލް ޖެހޭ. ތެދެއް ދީނާގުޅޭނެ ހުރިހާކަމެއްވެސް. އެކަމަކު މަސްތުވާތެކެއްޗާ އަންހެނުންނަށް ކުރާއިނިޔާގެ ހަބަރާއި ކެއުމުގެ ކަންކަން ބަހައްޓާ ގޮތްތަކާއި ކަސްރަތު ކުރާނެގޮތްތަކާއި ކުޑަކުދިން ބަލާނެ ގޮތްތައް ހުންނަ އާޓިކަލްތަކަށް ދީނީ ކޮމެންޓެއް ނުކުރޭ. ނަފްސާނީ ކަންކަމަކީ ދީނާ ހާއްސަ ގުޅުމެއް ވާކަމަކީ ބާ؟

ނަބީލާ

ގުރުއާން ކިޔަވާ އަގީދާ ވަރުގަދަކޮށްބަލަ.. ސަހާބީން ހަނގުރާމަތައް ކުރީ ތިޔަ ކާފަރުން ލިޔުނު ބޮނޑިވަރު ނުކިޔާ... މިވެސް ހަމަ ވިސްނުމެއް.. ދެން މިހެން ލިޔާ އިރަށް ނޫސްވެރިން ހީކަރުވައިގެން ބުނާނީ ހައްދު ފަހަނަ އެޅީއޭ...ހާސްނުވޭ އެކަމާ މަވެސް ދެކޮޅު..

އައ

ވަރަށްސަޅި