Eagles aai ehvaruve TC ah top 4 ge furusathu hani vejje
image
އީގަލްސާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން ފޮޓޯ:--އެފް.އޭ.އެމް
0 ކޮމެންޓް
 

އީގަލްސްއާ އެއްވަރުވެ ޓީސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވެއްޖެ

މާލޭ ލީގުގައި ރޭ އީގަލްސް އާއި ބައްދަލު ކުރި މެޗު އެއްވަަރުވެ ޓީސީއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވެއްޖެވެ.
މި ދެ ޓީމް ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ޓީސީ މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 12 މެޗުން 16 ޕޮއިންޓާ އެކު އެވެ. އީގަލްސް މިރޭގެ މެޗުން ހޯދި ޕޮއިންޓާ އެކު ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަަނައިގައި އޮތް އީގަލްސް އާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 12 މެޗުން 21 ޕޮއިންޓެވެ. އީގަލްސް އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

ޓީސީ އަށް ދެން ގަދަ ހަތަރެއްގެ ޖާގައެއް ލިބޭނީ ކުރިއަށް އޮތް ދެ މެޗުން ބޮޑު ތަފާތަކުން އެ ޓީމުން މޮޅުވެ، އީގަލްސް އާއި ވިކްޓަރީ އަދި ގްރީން ސްޓްރީޓްސް ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ހިޔާލު