UV kolhah TC in landu go'nyeh ossaalaifi
image
ޓީސީގެ އިބްރާހިމް މަހުދީ (އިއްބެ) ފޮޓޯ:--މިހާރުސްޕޯޓްސް
0 ކޮމެންޓް
 

ޔޫވީ ކޮޅަށް ޓީސީއިން ލަނޑު ގޯންޏެއް އޮއްސާލައިފި

މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީއާއި ބައްދަލު ކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޓީސީއިން ކާމިޔާބު ކޮށްފިއެވެ.
ޓީސީއިން ވަރަގަދަ ކުޅުމެއް ދައްކާ މި މެޗު ކާމިޔާބު ކޮށްފައިވަނީ 6-0 ގެ ނަތީޖާއަކުންނެވެ.

ޓީސީން ޔުނައިޓެޑް ވިކްޓަރީގެ ގޯލު ހުޅުވާލާފައިވަނީ ފުރަތަމަ ހާފްގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް މުހައްމަދު ސާމިރު އެވެ. އަދި އޭގެ ތިން މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޓީސީ އަށް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފްގައި ޓީސީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކޯނެލިއަސް ސްޓެވާޓް ކާމިޔާބުކުރިއިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އިބްރާޙިމް މަހުދީ (އިއްބެ) އާއި މުހައްމަދު އައްޒާމް އެވެ.

މި މޮޅާ އެކު ޓީސީ ވަނީ 19 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް އަރައިފަ އެވެ. ވިކްޓަރީ އަށް ވެސް 19 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު ހަ ވަނަ އަށް ވެއްޓުނީ ލަނޑުގެ ތަފާތުން ޓީސީ އަށް ކުރި ލިބޭތީ އެވެ. އެކަމަކު މިރޭ ވެލެންސިއާ އަތުން މޮޅުވެއްޖެ ނަމަ 22 ޕޮއިންޓާ އެކު ވިކްޓަރީ އަށް އަލުން ފަސް ވަނަ ލިބޭނެ އެވެ. މި ނަތީޖާއާއި އެކު ވެސް ޓީސީއަށް ގަދަ ހަތަރެކަށް އެރުމަށް އަމިއްލަ ބާރެއް ނެތެވެ. ތަ

ޓީސީއަށް ގަދަތަރަކުން ޖާގަ ހޯދުމަށް އެންމެ ރަނގަޅު ފުރުސަތެއް އޮތީ ގޯލުގެ ތަފާތު ބޮޑުކޮށްގެންނެވެ. ފަހުން މެޗުން ގްރީން ސްޓްރީޓްސް އަތުން އީގަލްސް ބަލިވެއްޖެ (އޭރުން ގްރީން ސްޓްރީޓްސް ކޮލިފައިވާނެ) ނަމަ ޓީސީ އަށް ފަހު މެޗުން ވިކްޓަރީ އަތުން މޮޅުވެގެން އީގަލްސްގެ މައްޗަށް ގޯލް ތަފާތުން ކުރި ހޯދޭނެތީ އެވެ.

ހިޔާލު