Raajjeyge Fiscal adhi External Haalathu Dhashah Dhaathee IMF in Kanboduvun Faalhu Koffi
image
ފިސްކަލް އަދި އެކްސްޓާނަލް ޑެފިސިޓުގެ ހާލަތު ދަށްވާތީ އައިއެމްއެފުން ކަންބޮޑުވޭ---
1 ކޮމެންޓް
 

ރާއްޖޭގެ ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދާތީ އައިއެމްއެފުން ކަންބޮޑުވެއްޖެ

ގައުމީ އުފެއްދުންތެރިކަމުގެ މިންވަރު މަތިވި ނަމަވެސް ފިސްކަލް އަދި އެކްސްޓާނަލް ޑެފިސިޓުގެ ހާލަތު ދަށްވާތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައިއެމްއެފްގެ ވަފުދުން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ދަތުރު ނިންމާލުމަށްފަހު މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ 2017 އަދި 2018 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު %4.5 އަށް ވުރެ މަތިވާނެ ކަމަށެވެ. ނަމަވެސް ނަމަވެސް ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދަމުންދާ ކަމަށެވެ.

އައިއެމްއެފުގެ ވަފުދުން ފާހަގަ ކުރި ގޮތުގައި ގެދޮރު އިމާރާތް ކުރުމާއި ސިއްހީ ދާއިރާއާއި އެއާޕޯޓް ތަރައްގީ ކުރުމާއި އަދި އެހެނިހެން ދާއިރާތަކުގައި ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ފުޅާވެ ކުރިއަރައި ދިއުމަށް މަގުފަހިވާނެ ކަމަށް ބެލެވެެއެވެ. ނަމަވެސް ކުރިމަގަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ އިގްތިސާދަށް ދިމާވެދާނެ ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދިއުމާއި، ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ.

އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވެ، މިކަމުގެ ސަބަބުން މެދުވެރިވެދާނެ ގެއްލުން ކުޑަކުރުމަށްޓަކައި އެފަދަ މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުން މުހިއްމު ކަމަށް ވެސް އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ.

ފިސްކަލް އަދި އެކްސްޓާނަލް ޑެފިސިޓް ކުޑަ ކުރުމަށާއި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އިތުރު ކުރުމަށާއި މާލީ ދާއިރާ ތަރައްގީ ކުރުމަށާއި ދިގުރާސްތާގައި އުފެއްދުންތެރިކަން އިތުރު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަން ޖެހޭކަން ވެސް އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ.

އައިއެމްއެފުގެ ވަފުދު މާދަމާ ފުރައިގެންދާ އިރު އެ ވަފުދުން ތައްޔާރު ކުރި ރިޕޯޓު އައިއެމްއެފްގެ އެގްޒެކެޓިވް ބޯދަށް ހުށަހަޅާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ހިޔާލު

ދިވެހި

ދިވެހިބަހުން އަަހާލަންތަ. ތިކިޔަނީ ކީކޭ؟ ތިލިޔާއެއްޗެއް ދިވެހިބަހުން ކިޔާ ދީބަލަ. އަޅުގަނޑަށް އިނގިރޭސިން އެނގޭނީ އެންމެ ޖުމްލައެއް. އެ ޖުމްލަ އިން ނިންމާލާނަން. އާ ޔޫ ސީރިއަސް