Rasfannu Sarahadhugai Mathee Fenvaruge Flat Alhanee
image
ރަސްފަންނު---ފޮޓޯ:އަހުމަދު އިނާޒު
3 ކޮމެންޓް
 

ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ ފްލެޓު އަޅަނީ

ރަސްފަނު ސަރަހައްދަށް ވާ ގޮތަށް ހައި އެންޑް ވޯޓަ ފްރަންޓު ފްލެޓު އެޅުމަށް ސޯޝަލް ސެންޓަރުގައި ހިންގަމުން ގެންދާ ބައެއް ޖަމިއްޔާތަކުގެ އޮފީސްތައް ހުސް ކުރަން އަންގައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަސްފަންނު ތަރައްގީ ކުރުމުގެ ޕްލޭންގައި ހިމެނޭ "ހައި އެންޑް ވޯޓާ ފްރަންޓް ރެސިޑެންޝަލް" މަޝްރޫއާއި ގުޅިގެން ކުޅިވަރު ފަސް އެސޯސިއޭޝަނެއްގެ ބިން ހުސްކޮށް ދިނުމަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އެއީ ނެޓްބޯޅަ ކޯޓާއި، ޓީޓީ އެސޯސިއޭޝަންގެ އޮފީހާއި، ބާސް ކެޓްބޯލް އެސޯސިއޭޝަންގެ އޮފީހާއި، ބަށިބޯޅަ އެސޯސިއޭޝަން އޮފީސް ހިންގާ ބިމެވެ.

ޔޫތު މނިސްތްރީން ބުނެފައިވާ ގޮތުގައި އެކަން އެފަރާތްތަކަށްވާނީ މިދިޔަ މަހުގެ 14 ގައި އަންގާފައެވެ. ނެޓްބޯލަ ކޯޓު ވިލާ ކޮލެޖު ކައިރިއަށް ބަދަލުކޮށްފައިވާ އިރު ޓީޓީ ހޯލާއި ޓީޓީ އެސޯސިއޭޝަންގެ އޮފީސް ހެންވޭރު މުނިއުފާއަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބާސްކެޓް ބޯލަ އެސޯސިއޭޝަންގެ އޮފީހާއި ބަށި ބޯލަ އެސޯސިއޭޝަންގެ އޮފީސް ވަގުތީ ގޮތުން ހ.ބޯލަގެއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ރަސްފަންނު ފްލެޓް
ހިޔާލު

އަލީ

އާދައިގެ ނިކަމެތި މީހާ ބޯހިޔާވަހިކަމެއް ނެތި... ސަރުކާރުން މަތީ ފަންތީގެ ފްލެޓްތައް އެޅުމުގަ

ގެެގުރިި

މިޤައުމުގެ 99% އަކީ މަތީ ފަންތީގެ ބަޔެއްނޫން. ޢަޅުގަޑުމެން މިއުޅެނީ ބޯހިޔާވެހިކަމެއް ނުލިބެގެން. ހުރިހާ ފުލެޓެއްތtިއެޅުއްވީ 1% މީހުނަށް.

އާދަނު

ޅިޔަން މަނިކަށް ދިނީ ބިޑަކާނުލާ