Gadha hatharehgai himeni Dhivehi Premier league ge fahu jaaga TC ah
image
އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން ފޮޓޯ:--އެމްވީފޯރި
0 ކޮމެންޓް
 

ގަދަ ހަތަރެއްގައި ހިމެނި ޕްރިމިއާ ލީގުގެ ފަހު ޖާގަ ޓީސީއަށް

މާލޭ ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް އާއި އީގަލްސް ބައްދަލު ކުރި މެޗް 1-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސުން ކާމިޔާބު ކުރުމާއި އެކު އީގަލްސަށް ޕްރިމިއާ ލީގުން ފުރުސަތު ގެއްލި ޓީސީއަށް ޕްރިމިއާ ލީގު ޖާގަ ކަށަވަރު ވެއްޖެވެ.
މިއަދު ހަވީރު އީގަލްސާ ދެކޮޅަށް ނިކުތް މެޗުގައި މެޗުގެ ހަމައެކަނި ލަނޑާއެކު ގްރީން ސްޓްރީޓްސަށް މެޗު ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު ނިޒާމެވެ.

މި ނަތީޖާއާއި އެކު ގްރީން ސްޓްރީޓްސް އަށް ވަނީ 14 މެޗުން 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފައެވެ. ދެވަނައިގައި މިވަގުތު އޮތް މާޒިޔާ އާއި ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 13 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ނަމަަވެސް ލީގުގެ ފަހު މެޗްގައި މިރޭ ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލު ކުރާ މެޗަށްފަހު ގްރީން ސްޓްރީޓްސް ދެވަނައަށް ވެއްޓޭނެއެވެ.

އީގަލްސް ގަދަ ހަތަރަކުން ހިތްދަތި ގޮތަކަށް ކެޓީ ޓީސީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ނުލިބުމުންނެވެ.

ހިޔާލު