Arsenal ge kulhuntherin thakeh food poison vejje
image
އާސެނަލްގެ ސްކޮޑުގެ ބައެއް ކުޅުންތެރިން ފޮޓޯ:---
0 ކޮމެންޓް
 

އާސެނަލްގެ ކުޅުންތެރިންތަކެއް ކާނާ ވިހަވެއްޖެ

އާސެނަލްގެ ކުޅުންތެރިންތަކެއް ކާނާ ވިހަވުމުގެ ސަބަބުން ޑޮކްޓަރުންގެ އެހީ ހޯދައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އާސެނަލްއިން ޗައިނާއަށް ކުރިމަންދާ ޕްރީ ސީޒަން ދަތުރުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރެއިން 4 ކުޅުންތެރިއަކަށް ވަނީ މިކަމުގެ އަސަރު ކޮށްގެން ޑޮކްޓްރުންގެ އެހީ ހޯދާފައެވެ. އެއީ އެޓީމުގެ ތިއޯ ވޮލްކަޓާއި އެރޮން ރަމްސީގެ އިތުރުން މި ޓްރާންސްފާގައި އެޓީމާއި އަލަށް ގުޅުނު ސޮލަކިނަކް އާއި އޮލިވިއާ ޖިރޫއެވެ.

މި ކުޅުންތެރިންނަށް ކާނާ ވިހަވުމުގެ އަސަރު ކޮށްފައިވާކަން އާސެން ވެންގާ ވަނީ އޭނާ ޕްރެސް ކޮންފަރެންސްގައި ހާމަ ކޮށްފައެވެ. އާސެނަލް އެންމެ ފަހަކަށް ކުޅުނު ޕްރީ ސީޒަން މެޗުގައި ގިނަ ކުޅުންތެރިންތަކެއް ބަލިވެ ދަނޑު ބާލަން ޖެހުމާއި އެކު މުޅި ސްކޮޑަށް ވެސް ކޮންމެ ވެސް ވަރަކަށް މިކަމުގެ އަސަރު ކޮށްފައިވާކަމަަށް ބެލެވެއެވެ.
ހިޔާލު