Al-Aqsa ga Israel inn Qaaimkuri Salaamathee Kankan Nagan Fashaifi
image
ފަލަސްތީނުގެ ރައްޔިތުންތަކެއް އަލް-އަގްސާ މިސްކިތް ކައިރީގައި-
0 ކޮމެންޓް
 

އަލް-އަގްސާގައި އިޒްރޭލުން ގާއިމުކުރި ސަލާމަތީ ކަންކަން ނަގަން ފަށައިފި

އަލް-އަގްސާ މިސްކިތުގައި އިޒްރޭލުން ގާއިމުކުރި ސަލާމަތީ ކަންކަމުގެ ތެރެއިން ބައެއް ކަންކަން ނަގައިފިއެވެ. muni
އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެވޭ މަގުތަކުގައި އިޒްރޭލުން ގާއިމުކުރި ބައެއް ސަލާމަތީ ކަންކަން ނަގާފައި މިވަނީ މިސްކިތުގެ ސަލާމަތީ ކަންކަން އިޒްރޭލުން ވަރުގަދަކުރުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުން މަރުވެފައި ވަނިކޮށެވެ.

މިސްކިތަށް ވަނުމަށް އިޒްރޭލުން ވަނީ ރޭލިން ޖަހާއި ގޭޓު ބަހައްޓާފައެވެ. އެތަކެތި މިހާރު ވަނީ ނަގާފައެވެ.

މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން ވަނީ މިސްކިތުގައި ބެހެއްޓި މެޓަލް ޑިޓެކްޓާވެސް ނަގާފައެވެ. އިޒްރޭލުން ބުނާ ގޮތުން މެޓަލް ޑިޓެކްޓާ ބެހެއްޓީ މިމަހުގެ 14 ވަނަ ދުވަހު ފަލަސްތީނުގެ ބަޔަކު އިޒްރޭލުގެ ސިފައިންގެ ދެ މީހަކު މަރާލުމާއި ގުޅިގެންނެވެ.

އަލް-އަގްސާ މިސްކިތުގައި އިޒްރޭލުން ބެހެއްޓި ސަލާމަތީ ކަންކަން ނަގަން ފެށުމާއެކު ފަލަސްތީނުގެ ރައްޔިތުން ވަނީ އެކަން ފާހަގަކުރުމަށް އެއްވެފައެވެ.

ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުން ލިބިގެންދިޔައީ ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީއެކެވެ.
ހިޔާލު