Israel ge Al-Jazeera Office Bandhukuraane Kamuge Inzaaru E Qaumun Dheefi
image
ބެންޖަމިން ނަތަންޔާހޫ
0 ކޮމެންޓް
 

އިޒްރޭލުގެ އަލް-ޖަޒީރާގެ އޮފީސް ބަންދު ކުރާނެ ކަމުގެ އިންޒާރު އެގައުމުން ދީފި

އިޒްރޭލުގައި ހުންނަ އަލް-ޖަޒީރާގެ އޮފީސް ބަންދު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. Dhiraagu
ސަބަބެއް ކަމަށް ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުގައި ދާދި ފަހުން ހިނގި ހަމަޖެނުންތަކަށް ހިތްވަރު ލިބޭ ގޮތަށް އެ ސްޓޭޝަނުން މަސައްކަތްކޮށްފައިވާ ކަމަށް ބުނެއެވެ.

އަލް-އަގްސާ މިސްކިތުގައި އިޒްރޭލުން ސަލާމަތީ ފިޔަވަޅުތައް އެޅުމުން ފަލަސްތީންގެ ރައްޔިތުން ވަނީ މުޒާހަރާތައް ބާއްވާ އިޒްރޭލުގެ ސިފައިންނާއި ކުރިމަތިލާފައެވެ.

އެ ހަރަކާތުގެ މައުލޫމާތު އެންމެ ފުޅާކޮށް ގެނެސްދިން މީޑިއާތަކުގެ ތެރޭގައި އަލް-ޖަޒީރާ ހިމެނެއެވެ.

އަލް-ޖަޒީރާއަކީ ގަތަރުގެ މީޑިއާ ސްޓޭޝަނެކެވެ. ނަތަންޔާހޫ ދެއްކެވި ވާހަކަތަކަކަށް އަލް-ޖަޒީރާއިން މިހާތަނަށް އެއްޗެއް ބުނެފައި ނުވެއެވެ.

އަލް-އަގްސާ މައްސަލައިގައި މިފަހުން ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ހަތަރު މީހުންނާއި އިޒްރޭލުގެ ތިން މީހުން މަރުވެފައިވެއެވެ.
ހިޔާލު