TC baliko New Radiant ves molhakaa ekee league fashaifi
image
ދަގަނޑޭގެ ލަނޑަށްފަހު އޭނާ އުފާފާޅު ކުރަނީ ފޮޓޯ:---
1 ކޮމެންޓް
 

ޓީސީ ބަލިކޮށް ނިއު ވެސް މޮޅަކާ އެކީ ލީގް ފަށައިފި

ޓީސީ އާއި ރޭ ބައްދަލު ކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މާލޭ ލީގުގެ ރަނަރަޕް ނިއު ރޭޑިއަންޓުން މޮޅަކާއެކީ ދިވެހި ޕްރިމިއާ ލީގް ފަށައިފިއެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ މިމެޗްގެ ފުރަތަމަ ހަމަލާ ފެނިގެންގޮސްފައިވަނީ ނިއު ރޭޑިއަންޓްގެ ފަރާތުންނެވެ. މެޗްގެ 22 ވަނަ މިނިޓްގައި އޭރިޔާ ތެރެއަށް ވަދެ ގަލާޑޯ ފޮނުވާލި ބޯޅަ ވަނީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި ފުލު ފުލަށް ހަމަލާތަށް ފޮނުވާލަމުން ދިޔަ ނިއުއަށް ލަނޑެއް ކާމިޔާބު ކުރެވުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފް ފެށިތާ ތިން މިނެޓު ތެރޭގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ގަލާޑޯ އެވެ. ނިއު އިން ލަނޑެއް ޖަހާ ކުރި ހޯދިތާ މިނިޓެއްވެސް ނުވަނީސް ޓީސީގެ ކޯނެލިއަސް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަރިމަތިން އިބްރާހިމް ވަހީދު ނަގައިދިން ހުރަސް ކޯނެލިއަސް ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގައި ނިއުއިން ދެވަނަ ފަހަރަށް ލީޑް ނަގާފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ނިއުއިން ވަނީ ލަނޑެއްޖަހާ އަލުން ލީޑު ހޯދައިފައެވެ. ދަގަނޑޭ ހޯދި ހިލޭ ޖެހުމަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ވެސް މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ދަގަނޑޭއެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ށ. މިލަންދޫއެވެ. އަދި މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދުއާއި އއ. މާޅޮހެވެ.
ހިޔާލު

އަމީން

ޔަގީންތަ ހަމަހަމަ ކުޅުމެއްކަން؟ އަހަންނަށް ފެނުނީ ޓީސީ މާ މޮޅަށް ކުޅުނުތަން.