Rasfannu ge Pavilion Hingaane Faraatheh Hoadhan Bidah
image
ރަސްފަންނު---ފޮޓޯ:އަހުމަދު އިނާޒު
1 ކޮމެންޓް
 

ރަސްފަންނުގެ ޕެވިލިއަން ހިންގާނެ ފަރާތެއް ހޯދަން ބިޑަށް

ރަސްފަންނުގައި ތަރައްގީ ކުރަމުންދާ ޕެވިލިއަން ހިންގައި ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
މާލެ ވެސްޓް ކޯސްޓް ބީޗް ޕެވިލިއަން ހިންގައި ބެލެހެއްޓުމާއި ގުޅޭ ގޮތުން މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ޕެވިލިއަން ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނި ކަމަށާއި ބީލަން ފޮތް ވިއްކުމަށް ހަަމަޖެހިފައިވަނީ 2500 ރުފިޔާއަށް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް، އެމްޑަބްލިޔުއެސްސީ (ފެން ބިލްޑިންގް) ދެވަނަ ފަންގިފިލާއިންނެވެ.

ބީލަން ފޮތް ދޫކުރުން އޮންނާނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު ފެން ބިލްޑިންގް ފަސް ވަނަ ފަންގިފިލާއިންނެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ މިމަހުގެ 21 ވަނަ ދުވަހު 14:30 ގައި ފެން ބިލްޑިންގް ފަސް ވަނަ ފަންގިފިލާއެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 50000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހެއެވެ. ބިޑް އެވާޑްކުރެވޭ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 250000 ރުފިޔާ ބިޑް އެވޯޑްކުރެވޭތާ ފަސް ދުވަސްތެރޭގައި ހުށަހަޅަންޖެހެއެވެ.

ކޭއެފްސީ އަދި ޕިއްޒާހަޓާއެކު ރަސްފަންނުގެ ޕެވިލިއަން ހުޅުވަން ބުނި ތާރީހު މިހާރު ވަނީ ފާއިތުވެފައެވެ.
ހިޔާލު

ޢަލިދީދީއައްޑޫސިޓީ

ބަލަންތިބޭތި ބިޑަށްވާގޮތް. ގާތުން މިކަން ބަލައްޗޭ ނޫސްވެރިން.