Yaameen Maraalee Dheenah Furahsaara Kuraathee: Fuluhun
image
ޔާމީން ރަޝީދު---
6 ކޮމެންޓް
 

ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާތީ: ފުލުހުން

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ޔާމީން ރަޝީދު މާރާލީ ދީނަށް ފުރައްސާރަ ކުރާ މީހުން ބަލައި ނުގަންނަ ބައެއް ކަމަށާއި ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް އެމީހުން ގަބޫލު ކުރާ ކަމަށް ފުލުހުން ބުނެފިއެވެ. muni
ފުލުހުން އެހެން ބުނެފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުންވަނީ ޔާމީންގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަށް މީހުންގެ މައުލޫމާތު ފުރަތަމަ ފަހަރަށް މިއަދު އާއްމު ކޮށްފައެވެ.

ފުލުހުންގެ މޭޖަ ކްރައިމް މެނޭޖުމެންޓު ސެންޓަރުގެ މެނޭޖަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި ހަރަކާތްތެރިވި މީހުން ގަބޫލު ކުރާ ގޮތުގައި ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށާއި ޔާމީން މަރާލީ އެގޮތަށް ގަބޫލުކޮށްގެން ކަމަށެވެ.

ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގައި ބައިވެރިވި މީހުންނަކީ ކިޔަވައިގެން ތިބި ބައެއް ކަމަށެވެ. ނަމަވެސް އެމީހުންނަކީ ދީނީ ކަންކަމުގައި ބަސް ބުނެވޭ ވަރަށް ދީނީ ތައުލީމު ހުރި ބައެއް ނޫން ކަމަށެވެ. އަދި އެމީހުންނަކީ ރާއްޖެއިން ބޭރުގެ ބައެއް ސޮކޮލަރުންގެ ދަރުސްތައް ބަލާ ބައެއް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޔާމީން މަރާލުމުގެ ފަހަތުގައި ތިބި މީހުންގެ ތަހުގީގު ވަކި ތަހުގީގެއްގެ ގޮތުގައި ކުރަމުންދާ ކަމަށެވެ. އަދި ޔާމީން މަރާލުމުގައި ސިޔާސީ ބަޔަކު އަދި ޖަމިއްޔާ ޖަމާއަތަކުން ވެސް ބައިވެރިވެފައި ނުވާ ކަމަށެވެ. އެކަމަށް ވަކި ބަޔަކު ހިތްވަރު ދިން ކަމަށް އެނގިފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ބަޔަކު ފަންޑު ކުރިކަން އެނގިފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޔާމީންގެ މަރާ ގުޅިގެން ހައްޔަރު ކުރި އަށް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ އިރު އޭގެތެރެއިން އެކަކު ފިޔަވާ އެންމެން ތިބީ ހައްޔަރުގައެވެ. އަށް މީހުންގެ ތެރެއިން ބާކީ ހުރި މީހާ ހުރީ ގޭ ބަންދުގައެވެ.
ހިޔާލު

އިބުރާހިމު

އެހެންވީމަ ފުލުހުން ޤަބޫލެއް ނުކުރޭ ދޯ އޭނަޔަކީ ދީނަށް ފުރައްސާރަކުރާ މީހެއްކަމަކަށް އަދި ދީނަށް ފުރައްސާރަކުރުމަކީ ކިހާވަރެއްގެ ކަމެއްކަމެއްވެސް ނޭނގެ. ފުލުހުން އަލުން ދީން ކިޔަވަން ފެންނަނީ

ނޫސްވެރިނޭ

ނޫސްވެރިންނޭ ... ތަކުރާރުކޮށް އެބައަހާ ކީއްވެގެންހޭ .. އެންމެ ފުރަތަމަވެސް އެސުވާލާށް ޖަވާބަށް ދިނީ .. މޯޓީވް އެނގިއްޖެއޭ.. އެކަމަކު މޯޓިވް އެނގުނީ ކިހިނެތް ކަމެއް ނުބުނޭ. ފުލުހުން ދެއްކި އެއްވެސް ވާހަކައަކުން ސާބިތެއް ނުވޭ އެމީހުންނަށް އެކަން އެނގުނު ގޮތްތަކެއް.

އިދުރީސް

ވަރަށް ސާފުކޮށް އެބަބުނޭ މިމީހުން މިކަންކުރީ މިވެނިގޮތަކަށް އެމީހުން ވިސްނާފައޭ. އޭގެން އެކަކުވެސް އިއުތިރޫފުވީތޯ؟؟؟ އިއުތިރާފް ނުވާނަމަ "މިމީހުން ގަބޫލުކުރާ ގޮތުގައި އެކަން ކުރަންޖޭހޭތީވެ މިމީހުން ގަބޫލުކުރާ ގޮތަށް އެކަންކުރީއްޔާ" ފުލުހުން ތަކުރާރުކޮށް އެބުނަނީ ކޮން ހެއްކަކަށް ބިނާކޮށްތޯ؟

މަ

ޔާމީން މަރާލީ އެ މީހުންކަން ޔަގީން ވަންޔާ އެމީހުނަށް އޭގެ ހައްގު އަދަބު ދޭންވީނު

އަމީން

ކީވެ އޭނާ ގޭބަންދުގަ ހުންނަންވީ

ށަމީ

ސަމީމޫ ތީގެން މީހަކުއެއްބަސްވީތަ ތިހުރިހާވާހަކައެއް ތިކިޔަނީ