Faisaa ge Aguhuri Inaamuthakakaaeku PPM inn Kulhivaru Mubaaraatheh Baahvanee
image
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ ޓްވިޓާ
7 ކޮމެންޓް
 

ފައިސާގެ އަގުހުރި އިނާމުތަކަކާއެކު ޕީޕީއެމުން ކުޅިވަރު މުބާރާތެއް ބާއްވަނީ

ފައިސާގެ އަގުހުރި އިނާމުތަކަކާއެކު ޕީޕީއެމުން އިންތިޒާމުކޮށްގެން ކުޅިވަރު މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
"ވައި18 ސްޕޯޓްސް ފިއެސްޓާ" ގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މުބާރާތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެ މުބާރާތަކީ ޕީޕީއެމުން އިންތިޒާމުކޮށް އެ ޕާޓީން ހިންގާ ހަރަކާތެކެވެ.

ކުޅިވަރު ކުޅޭ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްދާ މުބާރާތުގައި ފިރިހެނުންނަށް ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދާއިރު އަންހެނުންނަށް ވޮލީ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބައިވެރިވާނެ. ޖުމްލަ ކޮންމެ މުބާރާތެއްގައި 199 ޓީމު ބައިވެރިވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮންމެ ރަށަކުންވެސް ކޮންމެ މުބާރާތަކަށް ރަށަކުން ބައިވެރިވެވޭނީ އެއްޓީމް ކަމަށާއި މުބާރާތުގައި ބައިވެރިވެވޭނީ ރަށުގެ ނަމުގައި ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި ކްލަބް ޖަމިއްޔާތަކުގެ ނަމުގައި މުބާރާތުގައި ބައިވެރި ނުވެވޭނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

"މުބާރާތް ރާވާލެވިފައި އޮތް ގޮތަކީ އެންމެ ފުރަތަމަ ކުޅޭނީ އަތޮޅު މުބާރާތް. އަތޮޅު މުބާރާތް ކުޅެ ނިމިގެން ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމު ދާނީ ޒޯނަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި މުބާރާތް ބަހާލެވިފައިވަނީ މާލެއާއެކު ހަ ޒޯނަކަށެވެ. ޒޯންތަކުގެ ޗެމްޕިއަނުންނަށް ހޮވޭ އަތޮޅުތަކުގެ ފަސް ޓީމާއި މާލެ ޒޯނުން ހޮވޭ ޓީމާއެކު ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާރު ރޭވިފައިވާ ގޮތުން މުބާރާތް ފެށޭނީ އޮކްޓޫބަރު މަހު ކަމަށާއި ތިން މަސް ދުވަހަށް އެ މުބާރާތް ދެމިގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅެއްގައިވެސް މުބާރާތް ކުޅޭނީ އެންމެ ރަނގަޅަށް ވަސީލަތް ހުރި ތަނެއްގައެވެ.

ފުޓްސަލް އަދި ވޮލީ ބޯޅައިން ވަނަ ވަނައަށް ދާ ޓީމުތަކަށް ފައިސާގެ އިނާމު ލިބޭނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

މިހާރު ރޭވިފައިވާ ގޮތުން އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. ދެވަނަ ޓީމަށް 30،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 20،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. ޒޯން ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 75،000 ރުފިޔާގެ އިނާމު އަދި ތިންވަނަ ޓީމަށް 50،000 ރުފިޔާގެ އިނާމު ވަނީ ހުށަހަޅާފައެވެ.

މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދެ ލައްކަ ރުފިޔާގެ އިނާމު ލިބޭއިރު ދެވަނަ ޓީމަށް ދޮޅު ލައްކަ ރުފިޔާގެ އިނާމު އަދި ތިންވަނަ ޓީމަށް 75،000 ރުފިޔާ، ޕީޕީއެމުން ވަނީ ހުށަހަޅާފައެވެ.
ހިޔާލު

އަހުމަދު

ތާއީދު ނެތީމަ ކޮންމެ ކަމަކަށް ފައިސާ. ކޮންމެހެން ހޮވަންޖެހޭ ރައީސެއްވީމަ ހާދަވަރަކަށް އަނެކެތިކޮޅު ބަހަންވާނެއޭ ހިތައްއަރާ.

ކުލުނު

މާލެއިން މިހާރު ވިއްކަން އެއުޅޭ ގޯތިތަކުން ލިބޭނެ ތި މުބާރާތް ބާއްވާނެ ރުފިޔާ..2018 ގެ އިންތިހާބައް ވެސް ބަޔެއް ބަހަށްޓާތި...

ޒޯން

ބަލަގަ ފޯކަސްއެއް ގެއްލުވައެއް ނުލެވޭނެ.... ޓެމްޕޯ ހަމަ މިވަރުގައި ބަހައްޓާނީ.. ފައިސާ...ފައިސާ.. ހަލާލު ފައިސާ.. ނަހަލާލު ފައިސާ... ވަކިކޮށްފަ މިފަހަރު ރޭސް ނިންމާނީ...

ހެހެހު

ދަރިމައިވުމުގެ ޞިއްޙަތާބެހޭ ވޯކްޝޮޕެއްބެސް ބާއްވަން ފެނޭ... ކުޅިވަރު ކުރިއަރުވާނީ ސިޔާސީ ޕާރޓީތަކަކުން ނޫން.. ކުޅިވަރާ ބެހޭ ވުޒާރާތަކުން... މީ މޮޔަފުޅު ވެގެން އުޅޭ ބައެއްތޯ؟؟؟

ހުސެން

ޕީޕީއެމް ތީ ޚިޔާނާތުގެ ފައިސާ ބޭނުންކުރާބައެއް. ކުޅިވަރު ޚަރާބުކުރަން ނޫލޭ ތިފައިސާ ބަހައިގެން.

ޖޯޖް

ކަލޭމެން ކުރާ ކޮންމެ ކަމަކީވެސް މިހާތަނައް ކުރާ އެންމެ ބޮޑު ކަންތައް ވައްކަމައް ބެލިއަސް މީހުން މެރުމައް ބެލިއަސް ކަރަޕްޝަނާ ފަަސާދައަށް ބެލިއަސް

މީދޯ

ފައިސާ ފައިސާ ފައިސާ
ފައިސާ ފައިސާ ފައިސާ
ފައިސާ ފައިސާ ފައިސާ