TfG RunInAddu Ge Main Sponsor Akah Coca-Cola
image
ކޮކާކޯލާ މެއިން ސްޕޮންސަރަކަށް ހަމަޖެއްސުން ފާހަނގަކުރަން ބޭއްވި އިވެންޓުގެ ތެރެއިން ފޮޓޯ:---
0 ކޮމެންޓް
 

ޓީއެފްޖީ ރަން އިން އައްޑޫގެ މެއިން ސްޕޮންސަރަކަށް ކޮކާކޯލާ ހަމަޖައްސައިފި

ޓީފެފްޖީން އިންތިޒާމްކޮށްގެން ސެޕްޓެމްބަރ މަހު 15 އަދި 16 ވަނަ ދުވަހު އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުންދާ ދުވުން، ރަން އިން އައްޑޫގެ މެއިން ސްޕޮސަރަކަށް ކޮކާކޯލާ ކުންފުނި ހަމަޖައްސައިފިއެވެ.
ޓީއެފްޖީ އާއި ކޮކާލާއި ދެމެދުވެނު މި އެއްބަސްވުން ފާހަނގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ޓީއެފްޖީގެ ދުވުންތެރިންނާއި އެކު ރަސްފަންނުގައި ވަނީ 4 ކިލޯ މީޓަރުގެ ދުވުމެއް ބާއްވާފައެވެ. މި ދުވުމުގައި ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރ މިލިންޑްގެ އިތުރުން ޓީއެފްޖީގެ ސީއީއޯ ޒިނާން އާއި އިސް ބައެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މިއަދު ރަސްފަންނުގައި ބޭއްވި ހަރަކާތަށްފަހު ވާހަކަ ދައްކަމުން ކޮކާކޯލާގެ ޖީއެމް މިލިންޑް ވިދާޅުވީ ޓީއެފްޖީގެ އިވެންޓުތަކަށް އެކުންފުނިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދަނީ އޭގެ ސަބަބުން ބައިވެރިންނަށާއި މުޖުތަމައުއަށް ވެސް ލިބިގެންދާ ފައިދާ ބޮޑުވުމާއި ގުޅިގެން ކަމަށެވެ.

"ކޮކާކޯލާއިން އަބަދު ވެސް ޓީއެފްޖީއަށް އެއްބާރުލުން ދެމުންދަނީ ޓީއެފްޖީގެ ދުވުންތަކުން ބައިވެރިންނަށާއި މުޖުތައުމައުއަށް ހެޔޮ އަސަރެއް ކުރާތީ. މި ރޭހުގައި ވެސް ވީހާވެސް ގިނަ ބައިވެރިން ބައިވެރިވުމަށް އެދެން އަދި މިހާރު ވެސް ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް ޝުކުރުވެރިވަން." އޭނާ ބުނެފައިވެއެވެ.

ރަސްފަންނުގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަމުން މިލިންޑް ވަނީ އައްޑޫއިން ވެސް ވީހާވެސް ގިނަ ބައިވެރިން މި ދުވުމުގައި ބައިވެރިވުމަށް ގޮވާލާފައެވެ.

މި އިވެންޓުގައި ވާހަކަ ދައްކަމުން ޓީއެފްޖީގެ ސީއީއޯ ޒިނާން ވަނީ މި އިވެންޓުގައި އައްޑޫގެ މަގުތަށް ރައްކާތެރި ކުރުމުގެ މެސެޖުތަކެއް ދެވިގެންދާނެ ކަމަށް އަލިއަޅުވާލާ ވާހަކަ ދައްކާފައެވެ.

"މި އިވެންޓުގައި އަޅުގަނޑުމެން ދޭނެ އެންމެ ބޮޑު އެއް މެސެޖަކީ "ދުވެލި މަޑުކުރޭ" މި މެސެޖް. މީގެ އިތުރުން ވެސް ޕޮރޮފެޝަނަލް ބޭފުޅުންނާއި ޓްރެފިކް ޕޮލިހުންގެ އިތުރުން ކައުންސިލާއި ގުޅިގެން އަޅުގަނޑުމެން މިހާރު ވެސް މިދަނީ ލިންކްރޯޑު ރައްކާތެރިތަނަކަށް ހެދޭނެ ގޮތްތަކާއި މެދު ދިރަސާ ކުރަމުން." ޒިނާން ބުނެފައިވެއެވެ.

ޓީއެފްޖީ އިން އިންތިޒާމުކޮށްގެން، 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހުޅުމާލޭގައި ދަނީ ލޯންގްރަންގެ ނަމުގައި ދުވުމުގެ ހަރަކާތެއް ބާއްވަމުންނެވެ. އެގޮތުން ޓީއެފްޖީ ކޮކާކޯލާ ލޯންގްރަން 2017 ގެ ނަމުގައި މިއަހަރު ބާއްވާފައިވަނީ އެޕްރީލް މަހު ހުޅުމާލޭގައި ވަނީ ދުވުމެއް ބާއްވާފައެވެ.

"ރަންއިންމޯލްޑިވްސް" ސީރީޒްގެ ދަށުން ހުޅުމާލޭގައި ވެސް ދުވުމެއް މިދިއަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ބާއްވާފައެވެ.

ޓީއެފްޖީގެ ހުރިހާ ދުވުންތަކަކަށް ކަހަލަ ގޮތަކަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކޮކާކޯލާއިން ވަނީ ކުރިއަށް އޮތްތަނުގައި ވެސް ޓީއެފްޖީގެ މިފަދަ އިވެންޓުތަކުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރަލުމުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.


ހިޔާލު