TC ah Thinadhoo Athun Hani Molheh
image
ޓީސީ ސްޕޯޓްސްގެ އައްޒާމް ފައިލް ފޮޓޯ:--މިހާރުސްޕޯޓްސް
0 ކޮމެންޓް
 

ޓީސީއަށް ތިނަދޫ އަތުން ހަނި މޮޅެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ތިނަދޫ ސްޕޯޓްސް އާއި ދެކޮޅަށް ޓީސީ ސްޕޯޓްސް ކުޅުނު މެޗް 1-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް އިން ކާމިޔާބުކޮށްފި އެވެ.
ޓީސީ އަށް މި މެޗްގައި ލީޑު ނަގައިދީފައިވަނީ މެޗްގެ 39 ވަނަ މިނިޓްގައި ކޯނެލިއަސް ސްޓެވާޓް އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ތިނަދޫ ކުޅޫންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މިއީ މި ސީޒަނުގައި ސްޓެވާޓް ޖެހި 13 ވަނަ ލަނޑެވެ.

މެޗްގެ ނަތީޖާ އެއްވަރުކުރުމަށް ތިނަދޫ އަށް ވަނީ 42 ވަނަ މިނިޓްގައި ރަގަޅު ފުރުސަތެއް ލިބިފައެވެ. ޓީސީގެ އޭރިޔާ ތެރެއިން ލިބުނު ހިލޭ ޖެހުމެއް ކުރިއަށް ފޮނުވާލުމުން އޭރިޔާ ތެރޭގައި ހުރެ އަވީލާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗް ކާމިޔާބު ކުރުމާއެކު ޓީސީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން 6 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް ދެ މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު މިރޭ މިލަންދޫ އާއި ދެކޮޅަށް އެ ޓީމު ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ ތިން ޕޮއިންޓްގެ ލީޑެއް އެ ޓީމަށް ލިބިގެންދާނެއެވެ.

ލީގުގައި މިރޭ ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި މިލަންދޫ އެވެ.
ހިޔާލު