November Mahu Night Market Baahvanee
image
ނައިޓް މާކެޓަށް ތައްޔާރުވަނީ--ފައިލް ފޮޓޯ
1 ކޮމެންޓް
 

ނޮވެމްބަރު މަހު ނައިޓް މާކެޓް ބާއްވަނީ

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބާއްވަމުން އަންނަ ނައިޓު މާކެޓް މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.
އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި މިއަހަރުގެ ނައިޓް މާކެޓް އޮންނާނީ މާލޭގެ ސިނާއީ ސަރަހައްދުގައެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހާމަ ކުރި ގޮތުގައި މިއަހަރުގެ ނައިޓް މާކެޓްގައި ބަހައްޓާނެ މޭޒުގެ އަދަދު އަދި ކަނޑައަޅާފައިނުވެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ސާވޭތައް ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ނައިޓް މާކެޓްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ހުޅުވާލިއެވެ. އެ ފުރުސަތު މިއަދަށް ހަމަވެފައިވާއިރު ގިނަ ބަޔަކު ބައިވެރިވާން ހުށަހަޅާފައިވާ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

ހިޔާލު

ސުލޭމާން

ކޮބާތަ ކުރިން ގޯމީޑިއާއިން ނައިޓްމާރކެޓް ބާންވަން ނެގި ފައިސާތައް..