Sarukaaruge Ehbaarulun Nulibey Kamah Bune Night Market Cancel Koffi
image
މިއަހަރު ނައިޓް މާކެޓު ނުބާއްވަން ވަނީ ނިންމާފައި---
1 ކޮމެންޓް
 

ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ނައިޓް މާކެޓު ކެންސަލުކޮށްފި

ހައުސިން މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މިއަހަރު ނައިޓް މާކެޓު ނުބާއްވަން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނިންމައިފިއެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއީލު އާސިފު މިއަދު ވިދާޅުވީ ނައިޓްމާކެޓު ބާއްވަން އިއުލާން ކުރީ ހައުސިން މިނިސްތްރީއާއި އިކޮނޮމިކް މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ހޯދައިގެން ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ އެއްބާރުލުން އެކަމަށް ނުލިބޭ ކަމަށް އާސިފު ވިދާޅުވިއެވެ.

"ހުއްދަތައް ދީފައި އޮތީ. އެކަމަކު އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓަކަށް ހުންނެވި ބޭފުޅާ ފޯނެއް ނުނަންގަވާ. މެސެޖު ކުރުމުން ވެސް ޖަވާބެއް ނުލިބޭ. މިހާރު އެބަ އޮތް އަންގާފައި އެގްރިމެންޓެއްގައި ސޮއި ކުރަން ޖެހޭ ކަމަށް. އެކަމަކު އެގްރިމެންޓު ވެސް ހަދަން ޖެހޭނީ ދެފަރާތުން އެއްބަސްވާ ގޮތަކަށް ދެއްތޯ،" އާސިފު ވިދާޅުވިއެވެ.

ނޮވެމްބަރު މަހު ސިނާއީ ސަރަހައްދުގައި ނައިތްމާކެޓު ބާއްވާނެކަން ވިޔަފާރިވެރިންގެ ޖަމިއްޔާއިންވަނީ އިއުލާންކޮށްފައެވެ. އާސިފު ވިދާޅުވީ ނައިޓްމާކެޓުގައި ސްޓޯލު ނަގަން ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓު ކުރި ނަމަވެސް އެއްވެސް ފަރާތެއްގެ އަތުން ފައިސާ އަދި ނަގާފައި ނުވާނެ ކަމަށެވެ.

"މިދާވަރުން އެނގޭ ނައިޓުމާކެޓު ނުބޭއްވޭނެކަން. އެހެންވެ އަޅުގަނޑުމެން ކެންސަލު މިކުރީ. މިކަމުން އެއްވެސް ފަރާތަކަށް ލިބޭނެ ގެއްލުމެއް އަދި ނޯންނާނެ،" އާސިފު ވިދާޅުވިއެވެ.

މިދިޔަ އަހަރު ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިޓް މާކެޓު ބާއްވާފައެއް ނުވެއެވެ.
ހިޔާލު

ލަކީ

ކަޓެއް ދޭން އެއްބަސް ވާ އިރަށް އޯކޭ ވާނެ