Milandhoo Inn TC Hifahtetti Iru Niyaz Ge Landaaeku Maziyaa Thinadhooves Ehvaru
image
ޓީސީ އާއި މިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ފޮޓޯ:---
1 ކޮމެންޓް
 

މިލަންދޫއިން ޓީސީ އިފަހެއްޓިއިރު ނިޔާޒްގެ ލަނޑާއެކު މާޒިޔާއާ ތިނަދޫ ވެސް އެއްވަރު

މާލޭ ލިގުގައި އިއްޔެ ކުޅުނު ދެ މެޗުގެ ވެސް އެއްވަރު ވެއްޖެވެ.
އިއްޔެ ހަވީރު ލީގުގައި މިލަންދޫ އާއި ޓީސީ ބައްދަލު ކުރި މެޗު ނިމިގެންދިޔައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި އެންމެ ނުރައްކާތެރި ހަމަލާތައް އުފެއްދީ މިލަންދޫންނެވެ. ދެ ހަމަލާއެއް އެޓީމުން އުފެއްދިއިރު، ދެ ހަމަލާގެ މޭސްތިރިއަކީވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިޝާން އިބްރާހިމް (ސައްޓު)އެވެ. ސައްޓު ތަނަވަސްކޮށްދިން ފުރުސަތަކުން އާދަމް އިމްރާން ފޮނުވާލި ހަމަލާ އަރިމަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިއިރު، ސައްޓު ނަގައިދިން ނުރައްކާތެރި ހުރަސް އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައީ ޑިފެންޑަރު ފައްރާހު ގައިގައި ޖެހިފައެވެ.

ލީގުގެ ދެވަނަ މެޗުގައި މާޒިޔާއާއި ތިނަދޫ ކުޅުނު މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފެއްދީ ތިނަދޫއިންނެވެ. މިގޮތުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ރިޒުވާންގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. އޭނާ ފޮނުވާލި ދެ ބޯޅައެއް މާޒިޔާގެ ކީޕަރު މަހުމޫދު އަލް ޔޫސުފް ދިފާއުކުރިއިރު، އެޓީމްގެ އަހުމަދު ނޫމާން ދޮނުވާލި ބާރު ހަމަލާ ގޯލާއި އަމާޒެއް ނުވިއެވެ.

މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ކުރި ހޯދީ ތިނަދޫ އެވެ. ރިޒުވާން ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ އަހުމަދު ނިޔާޒެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ތެރޭގައި މާޒިޔާގެ ނިޔާޒް ވަނީ ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިރޭގެ މެޗުން މޮޅުވެ ލީގު އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދެމެހެއްޓުމުގެ ފުރުސަތު މާޒިޔާ އަށް އޮތެވެ. އެއްވަރުވުމުން ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. މާދަމާ ހަވީރު ދ. ކުޑަހުވަދޫ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗާއި މާދަމާރޭ އއ. މާޅޮހާއި ނިއު ރޭޑިއަންޓް ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން މާޒިޔާގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.
ހިޔާލު

އަހަރެން

އުޅެ އުޅެ ތިނަދޫ ރައްޔިތެއް ފެންނަހެން ހިއެއްނުވޭ