Terrorism aa Dhekolhah Masahkaikuran UK inn Libiya ah Ehee Vanee
image
0 ކޮމެންޓް
 

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ޔޫކޭ އިން ލީބިޔާއަށް އެހީވަނީ

ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި 9 މިލިއަން ބްރިޓިޝް ޕައުންޑް (ގާތްގަނޑަކަށް 11.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ފައިސާގެ އެހީވުމަށް ނިންމާފައިވާ ކަމަށް ބްރިޓިޝް ފޮރިން ސެކެރެޓްރީ ބޮރިސް ޖޯންސޮން ވިދާޅުވެއްޖެއެވެ.
ޖޯންސޮން ވިދާޅުވި ގޮތުގައި އެ އެހީގެ މައިގަނޑު ބޭނުމަކީ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މެޑިޓޭރިއަން ކަނޑު ހުރަސްކޮށް ހިޖުރަ ކުރާ މީހުންގެ އަދަދު މަދު ކުރުމެވެ.

ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭވައި ޖޯންސޮން ވަނީ ދެ ފަހަރަކު ލީބިޔާއަށް ޒިޔާރަތްކުރައްވާފައެވެ.

ލީބިޔާގައި ހިނގަމުންދާ ހަނގުރާމަތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު އެތައް ބަޔަކު އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ގައުމު ދޫކޮށް ދަނީ ހިޖުރަ ކުރަމުންނެވެ.

މެޑިޓޭރިއަން ކަނޑު ހުރަސްކޮށް، މީހުން ހިޖުރަކުރަމުންދަނިކޮށް އެތައް ބަޔަކު ވަނީ މަރުވެފައެވެ.
ހިޔާލު