AG Anil, Dhanvaru Supreme Courtun Nukumevadaigannavaa Manzaru Fenihje
image
ބަންޑާރަ ނައިބު ސްޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވާ މަންޒަރު--ފޮޓޯ ސޯޝަލް މީޑިއާ
3 ކޮމެންޓް
 

އަނިލް، ދަންވަރު ސްޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވާ މަންޒަރު ފެނިއްޖެ

ބަންޑާރަ ނައިބު މުހައްމަދު އަނިލް، ރޭ ދަންވަރު ސްޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ ސްޕްރީމް ކޯޓުގެ މައި ދޮރުން، މުހައްމަދު އަނިލް ނުކުމެވަޑައިގެން ކާރުކޮޅާއި ދިމާލަށް ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ.

ފޮޓޯއާއި ގުޅޭ ގޮތުން ބަންޑާރަ ނައިބު އަނިލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އޭގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ރޭ ދަންވަރު ސްޕްރީމް ކޯޓުން ނުކުމެވަޑައިގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ބަންޑާރަ ނައިބު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ދަންވަރުގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް މިހާތަނަށް އެ ދެ ބޭފުޅުން އެކަން ދޮގު ކުރައްވާފައި ނުވެއެވެ.
ހިޔާލު

އަނިލް

އަނިލް އާޒިމާ ޝައިނީ ޔާމިން އަދީބު. ގާނޫނީގޮތުން މިމީހުން ދަންނަހާވެސް ކަމަކީ..

މާމަ

ތެދެއް ދޮގެއް ނުކުރެވޭނެ ދޯ؟ އަނިލް އާއި ޝިޔާމް ނުކުތުމުން ހުކުމް އައީ ގޮނޑި ގެއްލޭގޮތަށް. މިފަހަރު އަންނާނީ ހަމެމްބަރުންގެ ގޮނޑި ގެއްޅޭނެކަމަށް ކުރީފަހަރު މޭޖަރ ޖެނެރަލް މިފަހަރު ޑިފެންސް މިނިސަޓަރ

ޕްރިންސެސް

ނޫން...އެއީ އެސޮރެއް ނޫން...އެސޮރު އެކަހަލަ ކަމެއް ނުކުރާނެ...ދޯ ޕިންކީސް