Fahathun Araa Maalhos Balikoh TC thaavaluge 3 Vana Ah
image
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި މިލަންދޫ ބައްދަލު ކުރި މެޗެއް ތެރެއިން ފައިލް ފޮޓޯ:---
0 ކޮމެންޓް
 

ފަހަތުން އަރާ މާޅޮސް ބަލިކޮށް ޓީސީ ތާވަލުގެ ތިން ވަނައަށް

މިއަދު ހަވީރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި މާޅޮސް ބައްދަލު ކުރި މެޗު ފަހަތުން އަރާ ޓީސީ ކާމިޔާބު ކޮށްފިއެވެ.
ޓީސީ މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މިއަދު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޓީސީ އިންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި މާޅޮހުގެ އެންހެލް މުނޯޒް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގައި ޓީސީއަށް ނަތީޖާ ޓީސީ އަށް އެއްވަރުކޮށްދިނީ 21 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓެވެ. މި ލަނޑު ޖެހުމުގައި މާޅޮހުގެ ކީޕަރ ފައުލްކުރި ކަމަށް ނިންމާ އޭނާއަށް ރީނދޫ ކާޑު ދެއްކުމާއި ގުޅިގެން މާޅޮހުގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅު ކުރުމުން ރެފްރީ ވަނީ އެ ޓީމުގެ އާދަމް ރަޒްނީ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކައިފަ އެވެ. ބެލެވޭ ގޮތުގައި އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ހަޑިހުތުރު ބަހުން ރެފްރީ އާއި މުއާމަލާތް ކުރުމުންނެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ޓީސީއަށް ލީޑް ނަގައިދިނީ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް މަހުދީ ހުސެއިން (ޓީސީ އިއްބެ) އެވެ. އަދި ލީޑު ފުޅާކޮށްދިނީ 53 ވަނަ މިނެޓުގައި އަލީ ނާފިއު އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެންހެލް ވަނީ ޕެނަލްޓީއަކުން ލަނޑު ޖަހައި މާޅޮހަށް ތަފާތު ކުޑަކޮށްދީފަ އެވެ.

މި ނަތީޖާާއި އެކު 10 ޕޮއިންޓު ހޯދާ ޓީސީ ތިން ވަނަށް ޖެހިލިއިރު ނުވަ ޕޮއިންޓާ އެކު އޮތް ގްރީންސްޓްރީޓްސް ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު މިރޭ މާޒިޔާ އަތުން މޮޅުވެ އަލުން ކުރިއަށް ޖެހިލުމުގެ ފުރުސަތު ގްރީންސްޓްރީޓްސް އަށް އެބައޮތެވެ.

މިވަގުތު ތާވަލުގެ އެއްވަނާގައި 12 ޕޮއިންޓާ އެކު ނިއު އޮތް އިރު ނިއުއަށް ވުރެ އެއްމެޗު މަދުން ކުޅެފައިވާ މާޒިޔާ އޮތީ 10 ޕޮއިންޓާއެކީ ތާވަލުގެ ދެ ވަނައިގައެވެ.
ހިޔާލު