Coca Cola Run In Addu Dhuvun Kaamiyaabu Kamaaeku Ninmaalaifi
image
ރަން އިން އައްޑޫގެ ބައިވެރިންތަކެއް ފޮޓޯ:---
0 ކޮމެންޓް
 

ކޮކާކޯލާ ރަން އިން އައްޑޫ ދުވުން ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ "ކޮކާކޯލާ ރަން އިން އައްޑޫ" 312 ބައިވެރިންނާއެކު މިއަދު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.
މި އިވެންޓުގެ ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރު ސަރަހައްދުން ފަށާފައިވާއިރު އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ. އަދި ހާފް މެރެތަން (21 ކިލޯމީޓަރު) ފަށާފައިވަނީ އެއާޕޯޓުގެ ޓާމިނަލް ކުރިމަތިންނެވެ.

ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމާލާފައިވަނީ ކޮންވެންޝަން ސެންޓަރަށެވެ.

މި އިވެންޓަށް އައްޑޫއިން ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މާލެއިން ވެސް ރޭހުގަައި ބައިވެރިވުމަށް ދުވުމުގެ ބައިވެރިން ވަނީ އައްޑޫއަށް ގޮސްފައިވައެވެ.

"ކޮކާކޯލާ ރަން އިން އައްޑޫ" އަކީ ޓީއެފްޖީން ފަށާފައިވާ "ރަން އިން މޯލްޑިވްސް" ސީރީސްގެ ފުރަތަމަ އިވެންޓެވެ. މިއިވެންޓަށްފަހު ޓީއެފްޖީ ތައްޔާރު ވާނީ "ރަން އިން ލާމު"އަށެވެ.

މި އިވެންޓާއި ގުޅުވައިގެން އިއްޔެ ހަވީރު ޓީއެފްޖީން ވަނީ ކުޑަކުދިންގެ ދުވުމަކާއި އުމުރުން ދުވަސްވީ މީހުންގެ ހިނގާލުމެއް ވެސް އައްޑޫގައި ބާއްވާފައެވެ.

މި ރޭހުގެ އިޖްތިމާއީ ޝިޔާރަކީ "ބްރޭކް ޔޯ ސްޕީޑް" އެވެ. އެގޮތުން އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރޭހާ އެކު މި ކެމްޕެއިން ކުރިއަށްގެންދާނެ އެވެ.

ޓީއެފްޖީއާ އެކު މި ފަހަރު ވެސް މެއިން ސްޕޮންސަރެއްގެ ގޮތުގައި ކޮކާކޯލާ ބައިވެރިވިއިރު އެހެން ހަ ކުންފުންޏަކުން ވެސް ވަނީ ޓީއެފްޖީއާ އެކު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.
ދުވުން ކޮކާކޯލާ
ހިޔާލު