UN ga Negi Vote akee Rohingya aa Gulunhuri Vote eh Noon: Foreign Ministry
image
ފޮރިން މިނިސްޓްރީ--ފައިލް ފޮޓޯ
7 ކޮމެންޓް
 

އދ. ގައި ނެގި ވޯޓަކީ ރޮހިންޔާއާ ގުޅުންހުރި ވޯޓެއް ނޫން: ފޮރިން މިނިސްޓްރީ

ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އދ. ގައި ވޯޓެއް ނެގި ކަމަށާއި އެ ވޯޓުގައި ދިވެހިރާއްޖޭން ބައިވެރިނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އދ. ގައި މިމަހުގެ 15 ވަނަ ދުވަހު ނެގި ވޯޓަކީ އދ. ގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ 72ވަނަ ސެޝަންގެ އެޖެންޑާ އާއި އެސެޝަނުގެ މަސައްކަތްތައް އިންތިޒާމް ކުރުމަށް ހަވާލުކުރެވިފައިވާ އާންމު ކޮމިޓީގެ ރިޕޯޓުގައި، ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ނަންބަރު 132 ގެ ދަށުން 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ' އެ މައުލޫ ހިމަނާނެތޯ ނުވަތަ ނުހިމަނާނެތޯ ބެލުމަށް ނެގުނު ޕްރޮސީޖަރަލް ވޯޓެއް ކަމަށެވެ.

އެ ވޯޓަކީ ރޮހިންޔާ މުސްލިމުންނާއި ބެހޭ ގޮތުން ނެގުނު ވޯޓެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

" އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޔާ މުސްލިމުންގެ ނަން ހިމަނާފައެއްވެސްނުވެއެވެ" ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތައް ކަމަށާއި އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެއިން އ.ދ. ގައި މިމަހު ގޮވާލާފައިވާފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު.ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ގައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައިވާ ކަމަށެވެ.
ހިޔާލު

ދޮންބެ

ފޮރިންގޭންގު ތިޔަދައްކަނީ ހަރާންކޯރުވާހަކަ ލަދުހަޔާތުގެކަންފުޅެއްވެސްނެތް. އިންސާނުބައެއްނޫން ތިއީ

ހަބޭސް

ދެން ކޯއްޗަކާތޯ ގުޅުންހުރީ ؟

އަލިބެ

އދ. އެއްޖިންސުން ގުޅުން ހިންގުމުގެ ބިލަށް ނޫނޭކޭ ބުނުމުގެ ބަދަލުގައި ފިލީ ކީއްވެ ތޯ އިސްލާމް ދީން ހިމާޔަތް ކުރަން ތޯ ؟ ނޫ ނެކޭ ބުނަން ނުކެރުނީ ކީއްވެގެންތޯ ؟

ފުނޯސް

އިންސާނިއްޔަތާ ދެކޮޅަށް ނެގޭ ވޯޓަކީ ޗައިނާ އަށް ވޯޓު ދެވޭނެ ކަމެއްނޫން. އެއީ ނުލަފާ ޖައްބާރު ބައެއް. މުސްލިމުންނަށް އަނިޔާ ކުރާ ބައެއް. ޗައިނާ އަކީ ރޯދަވެރިންގެ ރޯދަ ދޫކޮށްލުމަށް މަޖުބޫރު ކުރުވާ ބައެއް. މީހުނަށް އަނިޔާކޮށް ފޭރޭބައެއް. އިންސާނިއްޔަތުގެ ކަންފުޅެއްވެސް އޮތްގައުމެއް ނޫން ޗައިނާއަކީ. އެގަމުގެ ފަސްބައިގަ އެލިގަނެގެން މިމީހުން މިއެއުޅެނީ ކިހިނެއް ވެގެންބާ؟

ޙުސެން

މިއީ އިންސާނީ ހައްޤުތައް ހިމާޔަތް ކޮށް އަނިޔާ ވެރިކަން ނައްތަާލުމަށް ކުރަާމަސައްކަތަށް ޢަމަލީ ފިޔަވަޅެއް އެޅުމަށް މަގު ފަހިކޮށް ދިނުމަށް އެކުލަވާ އެގްރިމެންޓެކެވެ. ވީމާ އެއްވެސް ޤާނޫނެއް ޤަބޫލުނުކޮށް ވައްކަން ކޮށް އެވާހަކަ ހާމަކުރާބަޔަކު މަރާލަާ ބަޔަކަށް މި އެގްރީމެންޓަށް ވޯޓެއް ނުދޭނެއެވެ.

ސޭކުސްތާނު

އަޅެމިނިސްޓަރު ހަމަހޭގަތޯ ތިހިރީ. ކޮންމެހެން ވަކިބައެއްގެ ނަންޖަހާކަން ނުޖެހޭ. ނަސްލުނައްތާލަން ކޮންމެބަޔަކުކުރިކަމުގަ ވިއަސް ހުއްޓުވުމަށް ދޭންޖެހޭވޯޓެއް. އޮޅުވާލަންއުޅުނަސް ތީބޮޑުވަރު.

އަހްމަދު

ކަލެެމެން ބުނަާ ކޮންމެވާހަކައެއް އަހަރެމެންވީ ޤަބޫލުކުރަންތަ ؟؟؟؟؟؟؟؟؟؟؟؟؟؟