Coca-Cola ah Orderkoh, Faisaa Dhehkey Mobile Application eh Tha'aarafkohfi
image
ކޮކަކޯލާގެ އެޕް ލޯންޗު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
0 ކޮމެންޓް
 

ކޮކާކޯލާއަށް އޯޑަރުކޮށް، ފައިސާ ދެއްކޭ މޯބައިލް އެޕްލިކޭޝަނެއް ލޯންޗްކޮށްފި

ކޮކާކޯލާގެ ޕްރޮޑަކްޓްތަކަށް އޯޑަރުކޮށް ފައިސާ ދެއްކޭ އެޕްލިކޭޝަނެއް ލޯންޗުކޮށްފިއެވެ.
"ކޯކް 2 ހޯމް" އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ މިއަދު ހަވީރު ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރް އަދި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

އެމް.އޭ.ޑަބްލިޔު.ސީ އިން ހާމަކުރި ގޮތުގައި އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރުމުން މާލޭގައި 24 ގަޑި އިރުގެ ތެރޭގައި ހިލޭ ޑެލިވަރީކޮށްދޭނެއެވެ.

އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭ ގޮތަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފައެވެ.

އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރުމަށް "ކޯކް 2 ހޯމް" އެޕްލިކޭޝަން ފޯނަށް ޑައުންލޯޑްކޮށް، ރަޖިސްޓްރީކޮށްލަށްވަން ޖެހިވަޑައިގަންނަވާނެއެވެ.

އެޕްލިކޭޝަންގައި ހިމެނޭ ހާއްސަ އެއް ފީޗާއަކީ "ސެޓް ރިމައިންޑާ" އެވެ. އެ ފީޗާގެ ސަބަބުން އޯޑަރު ކުރި ޕްރޮޑަކްޓްސް ހުސްވާން ކައިރިވުމުން ހިޔާރު ކުރައްވާ ދުވަހަކަށް ރިމައިންޑާ ލިބިވަޑައިގަންނަވާނެއެވެ.
ކޮކާކޯލާ
ހިޔާލު