TC Maziya Balikoh Thaavaluge 2 Vana Ah
image
ޓީސީ ކުޅުންތެރިންތަކެއް ފޮޓޯ:--މޯލްޑިވްސްސޮކާ
0 ކޮމެންޓް
 

ޓީސީ މާޒިޔާ ބަލިކޮށް ތާވަލުގެ ދެވަނައަށް

މިއަދު ހަވީރު މާޒިޔާ އާއި ޓީސީ ބައްދަލު ކުރި މެޗު ހަނި ނަތީޖާއަކުން ޓީސީ ކާމިޔާބު ކޮށްފިއެވެ.
ޓީސީން މެޗު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ޓީސީގެ ކުޅުންތެރިއަކު އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅައެއް މާޒިޔާގެ ކުޅުންތެރިން ސާފު ކޮށްލަން މަސައްކަތް ކުރި ނަމަވެސް އިބްރާހިމް ވަހީދު ހަސަން ވަނީ އޭރިޔާ ތެރޭގައި ހުރެ ވަރަށް ބާރަށް ގޯލުގެ ތިރީކަނަށް ފޮނުވާލައިގެން ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މުޅި މެޗްގައިވެސް މާޒިޔާގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗްގައި ލަނޑު ޖަހާނެ މާ ރަގަޅު ފުރުސަތެއް މާޒިޔާއަށް ލިބިފައިނުވާއިރު ދެވަނަ ހާފްގައި ޓީސީ އަށް ވަނީ މެޗްގެ ފަރަގު ބޮޑު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފައެވެ.

މި މެޗުން މޮޅުވުމާއެކު ޓީސީ އަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 6 މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް މާޒިޔާ އަށް ވެސް 6 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް އެއްވަނަ މަގާމް ލިބިފައިވާ ފައިދާ ގޯލުގެ ތަފާތުންނެވެ.

ހިޔާލު