Dhe Aiyy Foodhandhen Aiyy Jahaasheve!
image
ރޮހިންޔާ މުސްލިމް ކުޑަކުދިން ތަކެއް ވެހެމުންދާ ބޯވާރޭގައި
8 ކޮމެންޓް
 

ދެ އަތް ފޫދަންދެން އަތް ޖަހާށެވެ.

މިޔަންމާގައި ތިބީ އަޅުގަނޑުމެންގެ އަހުންނާއި އުހްތުންނެވެ. މިލިއަނަކަށް ވުރެބޮޑު މުސްލިން ޢާއިލާއެކެވެ. މިޔަންމާގެ ލީޑަރު އަންގް ސަން ސޫކީއަކީ ނޮބެލް ސުލްހައިގެ އިނާމް ލިބިފައިވާ ފަރާތެއް ނަމަވެސް ހޮރިންޔާ މުސްލިމުންގެ ލެއަށް ފެން ބޮވައިގަނެފައިވާ ފަރާތެކެވެ.
މިޔަންމާގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައިތިބީ އިންޑިއާއާއި ޗައިނާ ފަދަ ޤައުމުތަކެވެ. އިންޑިއާގައި މިހާރު ވެރިކަންކުރާ ޕީޖޭޕީއަކީ މުސްލިމުންނާއި ދެކޮޅު ފިކުރުގެ ބައެކެވެ. އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގައިވެސް ބީޖޭޕީގެ ރޯލު ބޮޑެވެ.

ދެން އޮތީ ޗައިނާއެވެ. ޗައިނާގެ މުސްލިމުނަށް އެމީހުންގެ ޤައުމުގައި ކުރާ އަނިޔާ ކުޑައެއް ނޫނެވެ. އެންމެ ކުޑަމިނުން މުސްލިމުން އެމީހުންގެ އަޅުކަން ކުރުމަށްވެސް ޗައިނާގައި ހުރަސް އަޅައެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުގައި މުޅި އިސްލާމީ އުއްމަތްވަނީ ފެންކަޅިވެފައެވެ. އިސްލާމީ ޤައުމުތަކުގެ ރައްޔިތުންދަނީ ރޮހިންޔާ މުސްލިމުންނަށް އެހީވެވޭނީ ކޮންގޮތަކުންތޯ ބަލަމުންނެވެ. ނަމަވެސް އެއީ ރައްޔިތުންގެ ލެވަލުގައެވެ. ވެރިންތިބީ ފިނި ކޮޓަރީގައި ޤާފިލްކަން މަތީގައެވެ. މިޔަންމާ މުސްލިމުންގެ ހައްޤުގައި އިސްލާމީ އުއްމަތުގެ ސަރުކާރަކުން ނުވަތަ ވެރިއަކު ވިދާޅުވާ އެއްޗެއް ވިދާޅުވަނީ ހަމައެކަނި ސިޔާސީ ބޭނުމެއްގައެވެ.

އެކަމުގެ އެއް ހެތްކަކީ އދ ސަލާމަތީ މަޖިލީހަށް އިނގިރޭސިވިލާތާއި ސްވީޑަން އިން ހުށައެޅި ޤަރާރެވެ. މިޔަންމާގައި މުސްލިމުން ކަތިލަމުންދާއިރު، އެފަދަ ޖަރީމާތަކާއި ދެކޮޅަށް އދ އަށް ގަރާރެއް ހުށައަޅަންވެސް ތެދުނީ ޤައިރު މުސްލިމް ވެރިކަންތައް ކުރަމުންދާ ޤައުމުތަކުންނެވެ. އިސްލާމީ އުއްމަތުގެ ސަރުކާރުތައް އޮތީ ނިދާފައެވެ.

ފަހަރެއްގައިވެސް ސަރުކާރުތަކުން ކުއްވެރި ނުކުރާ ވާހަކައެއް ނޫނެވެ. ފަންޑު ފޮށިތައް ހިފައިގެން ގޭގޭ ދޮށަށް ނުހިނގާ ވާހަކަ އެއް ނޫނެވެ. މާބޮޑު ވިޔަފާރިއެއް ނުކުރާ ޤައުމަކާއި ވިޔަފާރީގެ ގުޅުން ކަނޑާނުލާ ވާހަކަ އެއްވެސް ނޫނެވެ. ސިޔާސީ ގޮތުން ހޯދަންޖެހޭ މަންފާއެއް ހޯދުމަށް އެކަން އެބަކުރެއެވެ.

އިސްލާމީ އުއްމަތުގެ އިސްލާމީ ވެރިކަންތައް ކުރަމުން ގެންދާ ޤައުމުތަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި އެކު އިސްލާމީ ބޮޑެތި ޤައުމުތަލުން އަރާ އެދަނީ ސުންނާފަތި ކުރަމުންނެވެ. އޭގެ ހެކި އެހުރީ ސީރިއާއާއި ޔަމަނުން ފެންނާށެވެ. އިސްލާމީ ބައެއް ޤައުމުތަކުން ބައިވެރިވެގެން އެ އުއްމަތްތައް ބިމާ ހަމަކޮށްލާއިރު ދެން ތިބި ޤައުމުތަކުންތިބީ އެކަމަށް އާބަސްބުނެ އަތް ޖަހާށެވެ. ބާރަށް އަތް ޖަހަނިއްޔެވެ.

މުސްލިމް ބައެއް ޤައުމުތަކަކީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތައް ކަމަށްބުނެ ގުޅުން ކަނޑާ ދަތިކޮށް އެންމެފަހުން މުޅިޤައުމުން ބިމާ ހަމަކޮށްލުމުގެ އިސްސަފުގައި އިސްލާމީ އުއްމަތުގެ ބޮޑެތި ސަރުކާރުތައް އެތިބީ ހެވިފައެވެ. އެކަމުގެ ހެކި އިރާޤާއި ލީބިއާއިން ފެންނަން ހުންނާނެއެވެ.

ސުންނާފަތި ކޮށްލުމަށް ތައްޔާރުވުމުގެ ގޮތުން އެކި ގޮތްގޮތުން ފިއްތާ ގުޅުންތައް ކަނޑާލަމުންދާ ޤައުމުތަކުގެ ލިސްޓުގައި އިރާނާއި ޤަތަރު އެއޮތީއެވެ. އިސްލާމީ އުއްމަތުގެ ކުދި ބޮޑު ޤައުމުތަކުގެ ވެރިންގެ ބައިވެރި ވުމާއި އެކުގައެވެ.

ނަމަވެސް ރޮހިންޔާ މުސްލިމުންނާއި ޖެހުމުން މަންޒަރު ތަފާތެވެ. ސިޔާސީ ބޭނުމުގައި ކުށްވެރިކޮށްލާ ނިންމާލަނީއެވެ. ޔަމަނާއި ސީރިއާގައި "އަމިއްލަ މަސްލަހަތު" ހިމާޔަތް ކުރަން އިސްލާމީ ބޮޑެތި ޤައުމުތަކުން ހިންގާފަދަ އަސްކަރީ އޮޕަރޭޝަނެއް މިޔަންމާގައި ހިންގަން ގޮވާލަންވެސް ނުކެރެއެވެ. އިރާނާއި ޤަތަރަށް އަޅާފައިވާ ފަދަ ދަތިކުރުމުގެ ފިޔަވަޅެއްވެސް އެފަދަ ގޮތަކަށް ގުޅުންތައް މިޔަންމާއާއި ކަނޑާލަންވެސް ހަގީގަތުގައިވެސް ނުކެރެވެއެވެ.

ނުވިތާކަށް މިޔަންމާގެ މުއްލިމުންގެ ހައްޤުގައި އދ ގައި ވާހަކަ ދައްކާލަން ގަރާރެއް އދ އަށް ހުށައެޅުމަށްވެސް އިސްލާމީ ޤައުމަކުން ނުކެރުނެވެ. އެފަދަ ފުރުސަތެއް ލިބޭ ޤަރާރެއް އެހެން ޤައުމަކުން ހުށައެޅުމުންވެސް "ރާއްޖެ" ފަދަ ޤައުމުތަކުން ވޯޓަށް ފިލީއެވެ.

މިހާލަތުގައި އެމުސްލިމުން ބޭތިއްބުމަށްފަހު އަޅުގަނޑުމެން ހަމަ އަތް ޖަހަނިއްޔެވެ. މީ ލަދުވެތި ކަމެކެވެ. އެކަމަކު ދަންނަވަން ތޯއެވެ. ސިޔާސީ ބޭނުމުގައި އަތް ޖަހާނަމަ ހުއްޓާނުލާ އަތް ޖަހާށެވެ. އެއަތް ފޫދަންދެން އަތް ޖަހާށެވެ.
ހިޔާލު

ލަދު ކޮބާ

ވޯޓަށް ފިލާ ވާހަކަ ދައްކާ އިރު ފަލަސްތީން ގެ މައްްސަލާ ގަ ވޯޓަށް ފިލި ވާހަކަ ލިޔެލިނަމަ ރީތި ވީސް.....

ސަރޭ

ސަރުކާރުން ބުނީ އެދުވަހު ނެގި ވޯޓަކީ
އަރަބި އަންހެނުން ލާނީ ލިބާސްތޯ ފޭލިތޯ ބަލަން ނެގުން ވޯޓެކޯ..ދެން ރާއްޖެޔާ ގުޅުމެއްނެެތޭނު

އަހުމަދު

އިންސާނިއްޔަތާއި ޚިލާފު އެތައްކަމެއް އަމިއްލަޤައުމުގައި ހިންގަމުންދާއިރު އެފަދަކަމަކަށް ވޯޓްދޭކަށް ނުވެސް ރުހެވޭނެއެއްނު... ދުލުންހަމައެކަނި ކިޔަކަސް އަމަލަކުން ނުފެނެއެއއްނު. ދެއްތޮ....
ފަންޑުގެ ލާރިއަށްވެސް މިހާރު ސައްކު....؟

ނަން

މަމެންނަށް ވަކިކުރެވޭނީ ކޮންކަމެއް، އިސްލާމީ އުންމަތުގެ ބެލެނިވެރީންނަށް ނުކުރެވުނު ކަމެއް؟ ﷲ ބައްލަވާ ވޮޑިގެންވޭ

ޕިސް ޕިސް

ﷲއަށް ބިރުވެތިވެބާ

ނަހުލާ

ސަރުކާރުންބުނީ އދ ގައި ނެގީ އެއްވެސް ކަމަކާއި ގުޅުމެއް ނެތް ހަމަ އެއްވެސް ބޭނުމެއް ނެތް ބޭކާރު ވޯޓެއްކަމަށް. މަހީހީ

ނެވަރ

މަށެއް ޔާމީނަކަށް ނަޝީދަކަށް ދުވަހަކުވެސް ވޯޓެއް ނުދޭނަން. މިދެމީހުންނަކީ އިސްލާމީ އުންމަތަށް ހެވެއް އެދޭނެ ދެމީހުންނެއްނޫން.

އަލީ

ވޯޓުވާހަކަ ބުނެލަން މިހުރިހާ ލިޔުމެ ތިލިޔެލީ ކިހެނެ ހަދާނީ ވެރި ކަން ކާގެން ތިބޭ ފޮރިން މިނިސް ޓުރީގެ ނޫސް ބަޔާން ވެސް ލިޔެލިނަމަ ...