Rohingya Muslimun ge Dhifaaugai Bodu Ihthijaaj akah Nikuthumah Adhaalath in Govalaifi
image
ރޮހިންޔާ މުސްލިމް ކުޑަކުއްޖެއް ގޮވައިގެން މީހަކު މިޔަންމާއިން ނިކުންނަނީ
1 ކޮމެންޓް
 

ރޮހިންޔާގެ ދިފާއުގައި ބޮޑު އިހްތިޖާޖަކަށް ނިކުތުމަށް އަދާލަތުން ގޮވާލައިފި

މިޔަންމާގައި ބުޑިސްޓުންނާއި އަސްކަރިއްޔާގެ ޝިކާރައަކަށް ވެފައިވާ ރޮހިންޔާ މުސްލިމުންގެ ދިފާއުފައި ދިވެހިން ބޮޑު އިހްތިޖާޖަކަށް ނިކުތުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީން ބުނީ ދިވެހިން ރޮހިންޔާ މުއްލިމުންނާއި އެކު ތިބިކަން ހާމަކޮށްދިނުމަށް ސިޔާސީ ޕާޓީތަކާއި ދީނީ އަދި މަދަނީ ޖަމިއްޔާތަށް އިހުތިޖާޖަށް ނިކުންނަށް ޖެހޭ ކަމުގައެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަބްދުލް މަޖީދު އަބްދުލްބާރީ ވިދާޅުވީ ދިވެހި ރައްޔިތުންތިބީ ރޮހިންޔާ މުސްލިމުންނާއި އެކުކަން ދެއްކުމަށް ސިޔާސީ ޕާޓީތަކާއި ދީނީ އަދި މަދަނީ ޖަމިއްޔާތަށް އިހުތިޖާޖަށް ނިކުތުމަށް އަދާލަތު ޕާޓީން ގޮވާލާ ކަމުގައެވެ.

މުސްލިމުންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެއް ހަށިގަނޑެއްގެ މިސާލުކަމަށް ވިދާޅުވަމުން ޑރ މަޖީދު ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް އަނިޔާ ލިބެމުންދާ ދަނޑިވަޅެއްގައި އދ ގެ އާންމު ޖަލްސާގައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިވެފައި ނުވާތީ އެކަން ކުށްވެރި ކުރާ ކަމުގައެވެ.

އަދި އެ ވޯޓްގައި އިސްލާމީ އުންމަތުގެ ބޮޑެތި ޤައުމުތަކުން ބައިވެރިވެފައިވާއިރު ރާއްޖެއިން ބައިވެރި ވުމުމުން ރާއްޖެ ލޭބަލްވެގެންދަނީ ޤައުމުތަކުގައި އުޅޭ މައިނޯރިޓީ މުސްލިމް މުޖްތަމައުގެ ހިމާޔަތުގައި މަސައްކަތް ކުރުރާ ޤައުމެއްގެ ގޮތުގައި ކަމަށްވެސް ޑރ މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު އެގޮތަށް ހުރި ނަމަވެސް ދިވެހި ރައްޔިތުންތިބީ ރޮހިންޔާ މުސްލިމުންނާއި އެކުގައި ކަމުގައެވެ.



ހިޔާލު

މާސްޓަރ

ތިއުޅެނީ ބޭރުދުނިޔެއަށް ކަލޭމެން ސިޔާސީ ބޭނުމަށް އެޑިޓްކޮށްލާނެ ފޮޓޯއެއް ނުލިބިގެން. ތިވައްތަރަށް ނުތެޅުނަސް ދިވެހިން މުސްލިމް އަޚުންނަށް ވީވަރަކުން އެހީވާނެ. ސަރުކާރުން އެކައުންޓްތަކާއެއްޗެހި ހުޅުވާދީފަ އެހުރީ. އަމިއްލަ ޖަމާޢަތްތަކާއި، ދީނީ ޚިދުމަތްތެރި ޖަމްޢިއްޔާތަކުން މިހާރުވެސް އެއުޅެނީ އެމަސައްކަތުގަ. ކަލޭމެން ތިއުޅެނީ އިހުތިޖާޖު ނުކުރެވިގެން.