Engireyseen Myanmarge Askariyyaa ah Dhey Eheethah Hifahattaifi
image
މިޔަންމާގެ ސިފައިންތަކެއް---
0 ކޮމެންޓް
 

އިނގިރޭސީން މިޔަންމާގެ އަސްކަރިއްޔާއަށް ދޭ އެހީތައް ހިފަހައްޓައިފި

ރޮހިންޖާ މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލާގައި އިނގިރޭސިވިލާތުން މިޔަންމާގެ އަސްކަރިއްޔާއަށް ދެމުންދާ މާލީ އެހީ ހިފަހައްޓައިފިއެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 300000 ޕައުންޑްގެ އެހީ މިހާރުވަނީ ހިފަހައްޓާފައެވެ. އެ އެހީއަކީ މިޔަންމާގެ އަސްކަރިއްޔާގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެ އަހަރަކު ވެސް އިނގިރޭސިވިލާތުން ދޭ އެހީއެކެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތަކަށް ފިލުމަށް 400000 އެއްހާ ރޮހިންޖާ މުސްލިމުންވަނީ މިޔަންމާ ދޫކޮށް ބަންގުލަދޭޝަށް ރެފިއުޖީންގެ ގޮތުގައި ވަދެފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުސްލިމުން އުޅެމުންދާ ރާޙީން ސްޓޭޓްގައި އަސްކަރިއްޔާއިން ފަށާފައިވާ އޮޕަރޭޝަނެއްގައި އެތައް މުސްލިމުންނެއް މަރާލާފައިވާ އިރު މުސްލިމު އެތައް އަންހެނަކު ރޭޕުކޮށް އިއްފަތްތެރިކަން ވަނީ ފޭރިގެންފައެވެ. އަދި މުސްލިމުން އެސަރަހައްދުން ފައްސާލުމަށް މުސްލިމުންއުޅެމުންދާ ގެތަކާއި މިސްކިތްތަކުގައި ދަނީ ރޯކުރަމުންނެވެ.
ހިޔާލު