Rohingya Muslimunnah 15 Million Dollar ge Ehee Dheyn Salman Amuru Kurahvaifi
image
ރަސްގެފާނު ސަލްމާން
0 ކޮމެންޓް
 

ރޮހިންޔާއަށް 15 މިލިއަން ޑޮލަރުގެ އެހީ ދޭން ސަލްމާން އަމުރު ކުރައްވައިފި

މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން އިތުރު 15 މިލިއަން ޑޮލަރު ފޯރުކޮށްދޭން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދު އަމުރު ކުރައްވައިފިއެވެ.
ރަސްގެފާނު އެ އަމުރު ކުރައްވާފައިވަނީ އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.

ކެބިނެޓް ބައްދަލުވުމުގައި ރަސްގެފާނު ސަލްމާން ވަނީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާމެދު ހިނގަމުންދާ ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރޮހިންޔާގެ މުސްލިމުންނާމެދު ހިނގަމުންދާ ލާއިންސާނީ އަމަލުތައް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަނީ ގޮވާލާފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން، ރޮހިންޔާ މުސްލިމުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި އެތައް ހާސް ބައެއްގެ ގެދޮރު ވަނީ އަންދާލާފައެވެ.
ހިޔާލު