Askariyyain Hingi Jareemaathah Balan Myanmar in Dhekolhu!
image
އަންދާލާފައިވާ ރޮހިންޔާ ގެއެއް---
0 ކޮމެންޓް
 

އަސްކަރިއްޔާއިން ހިންގާ ޖަރީމާތައް ބަލަން މިޔަންމާއިން ދެކޮޅު!

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް އދއިން ބެލުމަށް މިޔަންމާއިން ދެކޮޅު ހަދައިފިއެވެ.
އދއިން އެ ޖަރީމާތައް ބެލުމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް މިޔަންމާއާއި ބެހޭ ފެކްޓް ފައިންޑިން މިޝަންގެ ރިޔާސަތުގައި އިންނަވާ މަރުޒުކި ދަރުސްމަން ވަނީ ހުށަހަޅުއްވާފައެވެ. އަދި އެކަމަށް މިޔަންމާ ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ރޮހިންޔާއާއި ދެކޮޅަށް ޖަރީމާ ހިންގަމުންދާ ހިސާބުތަކަށް ފެކްޓް ފައިންޑިން މިޝަން ދިއުމަށް މިޔަންމާއިން ވަނީ ހުރަސް އަޅާފައެވެ.

މަރުޒުކި ދަރުސްމަންގެ އާ ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެކަމުން މިހާރުގެ ހާލަތު ބަދަލު ކުރަން ބާރު އަޅައި ނުދޭނެ ކަމަށް އދއަށް މިޔަންމާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުވަނީ ވިދާޅުވެފައެވެ.

ފެކްޓް ފައިންޑިން މިޝަން އެކުލަވާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

އަސްކަރިއްޔާއިން މިދިޔަ އޮގަސްޓު މަހުގެ 25 އިން ފެށިގެން ހިންގަމުން ގެންދާ ޖަރީމާތަކަށް ފިލުމަށް 400000 އެއްހާ މީހުންވަނީ ބަންގުލަދޭޝަށް ވަދެފައެވެ.

މިޔަންމާ
ހިޔާލު