Radical Fiesta ge Namuga TFG inn Fitness Program eh Baahvanee
image
ޓޮޕްރައިޑް ޕްރޮގްރާމެއްގެ ތެރެއިން--ފައިލް ފޮޓޯ ޓީއެފްޖީ
0 ކޮމެންޓް
 

ރެޑިކަލް ފިއެސްތާގެ ނަމުގައި ޓީއެފްޖީން ފިޓްނަސް ޕްރޮގްރާމެއް ބާއްވަނީ

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) އިން ރެޑިކަލް ފިއެސްތާ 2017 ގެ ނަމުގައި ރެޑިކަލް ފިޓްނަސް ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރެޑިކަލް ފިއެސްތާ މިއަހަރު އޮންނާނީ އޮކްޓޫބަރު މަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ. އިވެންޓްގެ މެއިން ސްޕޮންސާއަކީ ޓާކިޝް އެއާލައިންސްއެވެ.

މިއަހަރުގެ ފިއެސްތާ ކުރިއަށްދާނީ ރެޑިކަލް ފިޓްނަސްގެ ފައުންޑަރުން ކަމުގައިވާ ނަތާނިއަލް އާއި ގެބީ އަދި ރެޑިކަލް ފިޓްނަސްގެ މާސްޓާ ޓްރެއިނާ ޕަބްލޯ ގާސިއާ ބެލުމުގެ ދަށުންނެވެ.

ރެޑިކަލް ފިއެސްތާގައި 10 ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކައިމެކްސް، މެގަޑާންޒް، ފެކްޓަރ އެފް، ޓޮޕްރައިޑް ހިމެނެއެވެ. އޭގެ އިތުރުން އުމުރުން ހަތަރު އަހަރާއި އަށް އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކަމުގައިވާ "ރެޑްކިޑްޒް" ހިމެނެއެވެ.
ހިޔާލު