OICgai Raajjein Rohigya Muslimunge Adu Ufulaifi
image
ފޮރިން މިނިސްޓަރު ޑރ.މުހައްމަދު އާސިމް---
1 ކޮމެންޓް
 

އޯއައިސީގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ އަޑު އުފުލައިފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގައި ރާއްޖެއިން މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ އަޑު އުފުލައިފިއެވެ.
ރާއްޖެއިން އެކަން ކޮށްފައިވަނީ ރޮހިންޔާގެ މައްސަލާގައި އިއްޔެ ބޭއްވި އޯއައިސީގެ ކުއްލި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ.މުހައްމަދު އާސިމް ވަނީ ރޮހިންޔާ މައްސަލާގައި ލަސްނުކޮށް ފިޔަވަޅު އެޅުމަށް ބައިނަލު އަގުވާމީ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކާ މެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، ބައިނަލް އަގުވާމީ އުސޫލުތަކަށާއި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލާފައިވެއެވެ. އަދި ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާފައިވެއެވެ.

އޯއައިސީގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ އަޑު އުފުލާފައިވާ އިރު ގަތުލުއާއްމުތަކާއި ނަސްލު ނައްތާލުމާ ދެކޮޅަށް ބަހުސް ކުރުމަށް މިހާރު ކުރިއަށްދާ އދގެ އާއްމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެއިން ބައިވެރި ނުވި މައްސަލާގައި ބޮޑެތި ފާޑު ކިއުންތަކެއްވަނީ އަމާޒުވެފައެވެ.
ހިޔާލު

ޢދ

ބަލަގަ އދ ގައި ނެގީ ރޮހިންޔާ އަކާ ބެހޭ ވޯޓެއް ނޫނެ. ވާނުވާ ނެގިގެން ތިޔަ އުޅެނީ