Rohingya Muslimun ge Dhifaaugai Bodu Evvumakah Nikunanee
image
ބޮޑު އެއްވުން ބާއްވާކަން އިއުލާނު ކުރުމުގެ ތެރެއިން
4 ކޮމެންޓް
 

ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ބޮޑު އެއްވުމަކަށް ނިކުންނަނީ

މިޔަންމާގައި އަނިޔާ ލިބެމުންދާ ރޮހިންޔާ މުއްލިމުންގެ ދިފާއުގައި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމަކަށް ނިކުތުމަށް ނިންމާ މިރޭ އެކަން އިއުލާނު ކޮށްފިއެވެ.
ކުނޫޒިގައި މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކުން އިއުލާނު ކޮށްފައިވަނީ މި ބޮޑު އެއްވުން މިމަހުގެ 29 ވާ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ކަމުގައެވެ.

މިމަހުގެ 29 ވާ ހުކުރު ދުވަހު ހަވީރު 4:00 - 6:00 ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ބޮޑު އެއްވުމުގައި ދިވެހި ކުދިބޮޑު ހުރިހާ އެންމެން ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން އެދެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭބުނީ މި އެއްވުމަކީ މިޔަންމާ މުސްލިމުންގެ ހައްގުގައި ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ބާއްވާ އެއްވުމެއް ކަމަށާއި އެއްވުމާއި ގުޅޭ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރަމުން ގެންދާނެ ކަމުގައެވެ.
ހިޔާލު

އަޙްމަދު

ތިއުޅެނީ ރީތި ނަމެއްގައި މުޑުދާރު ސިޔާސީ ގޭމު ޖައްސަން، ފަސާދަ ކުރަން،

ޏ އައިކު

ބޮޑު އެއްވުމަކުން ނޫން އެހީވާނީ. ދީލަތި އެހީތަކުން. ހައްގު ބަސްބުނަން ކެރިގެން.

އަތަށްގޮވި

ތިއުޅެނީ ހަދާނެގޮތްހުސްވެގެން މުޒާހިރާކުރަންވެގެން މިޔަންމާގެ މުސްލިމުންގެ ހައްގެއްގަނޫން

ފަޅުވެރިން

ބިކަވެފައި ތިބި ނިކަމެތި މުސްލިމުންތަކެއްގެ ނަން ބޭނުންކޮށްގެންވެސް މިބައިމީހުން ބޭނުންވަނީ ސިޔާސީ ގޭމް ޖައްސަން! ކޮންފަދަ ހަޑިމުޑުދާރު ނަޖިސް ބައެއް!!