Ungai Rohingya Meehunnah Aniyaa Kurikan Engey Kamah ves Myanmar in Nuhedhi
image
މިޔަންމާގެ ނައިބް ރައީސް ހެންރީ ވަން ތިއޯ---
1 ކޮމެންޓް
 

އދގައި ރޮހިންޔާ މީހުންނަށް އަނިޔާ ކުރިކަން އެނގޭ ކަމަށް ވެސް ނުހެދި

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ މެދު ލައިންސާނީ ޖަރީމާތައް ހިންގިކަން އެނގޭ ކަމަށް ވެސް އދގެ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މިޔަންމާގެ ނައިބް ރައީސް ހެންރީ ވަން ތިއޯ ނުހެއްދެވިއެވެ.
އާއްމު ޖަލްސާގެ އިއްޔެގެ ބައްދަލުވުމުގައި އދގެ މެންބަރުންނާއި މުހާތަބު ކުރައްވާ ހެންރީ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ބޯޑަރު ހުރަސްކޮށް ބަންގުލަދޭޝަށް ވަދެފައިވާތީ ކަންބޮޑުވާ ކަމަށާއި އެމީހުން ބޯޑަރު ހުރަސްކޮށް ބަންގުލަދޭޝަށް ވަނީ ކީއްވެގެންތޯ ބަލާ ކަމަށެވެ.

ހެންރީވަނީ ބޯޑަރު ހުރަސްކޮށް ބަންގާޅަށް ދިޔައީ ހަމައެކަނި މުސްލިމުން ނޫން ކަމަށާއި އެހެން ދީންތަކުގެ މީހުން ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެފައެވެ. އަދި މިޔަންމާގައި މިހާރު ވެސް މުސްލިމުންގެ ގިނަ ބަޔަކު އެބަތިބި ކަމަށް ހެންރީ ވިދާޅުވިއެވެ.

ހެންރީވަނީ މިހާރު ރާހީން ސްޓޭޓުގެ ކަންތައްތައް ހަމައަކަށް އެޅިފައިވާ ކަމަށާއި އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި އާއްމުންގެ އެއްވެސް މީހަކަށް ގެއްލުން ނުވާނެހެން އަމަލު ކުރުމަށް އަންގާފައިވާ ކަމަށެވެ.

މިޔަންމާއިން ބުނާ ގޮތުގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަކީ ޓެރަރިސްޓުން ނައްތާލަން ހިންގަމުން ގެންދާ ކަންތައްތަކެކެވެ.

އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އަސްކަރިއްޔާއަށް އަމާޒު ކުރި ހަމަލާތަކަކާ ގުޅިގެން ފަށާފައިވާ އޮޕަރޭޝަންތަކުގައި މިޔަންމާގެ އަސްކަރިއްޔާއިންދަނީ އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގަމުންނެވެ.
މިޔަންމާ އދ
ހިޔާލު

މުސްލިމުޓެރަރިސްޓު

އދ ގެ ޔަހޫދީގެ ނުބައި ރޭވުމެއް އެބައި މީހުންނަށް ދުނިޔޭގައި ވެސް ހަލާކު އާޚިރަތުގައި ވެސް ހަލާކު ލައްވާނދޭއެވެ.