Rohingya ge 1400 ah vure gina Kudakudhin ekanima ekani Border ah
image
ރޮހިންޔާ ކުޑަކުދިން ތަކެއް
0 ކޮމެންޓް
 

ރޮހިންޔާގެ 1400 އަށް ވުރެ ގިނަ ކުޑަކުދިން އެކަނިމާ އެކަނި ބޯޑަރަށް

މިޔަންމާގެ ރަކިނީ ސްޓޭޓްގައި ސިފައިންނާއި ބުޑިސްޓުން މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތަކުގެ ސަބަބުން ބަނގުލަދޭޝްއަށް ހިޖުރަކޮށްފައިވާ ތިން ލައްކަ އަށް ވުރެ ގިނަ މީހުންގެ ތެރޭގައި އަޅާލާނެ މީހަކު ނެތް 1400 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެކަނި ބޯޑަރު ހުރަސްކުރި ކުޑަކުދިންގެ ތެރޭގައި ފަސް އަހަރުގެ ކުދިންވެސް ހިމެނެއެވެ. ކުޑަ އަންހެން ކުދިންނާއި ފިރިހެން ކުދިން އެކަނިމާ އެކަނި ބަނގުލަދޭޝްއަށް ވަންނަން ޖެހުނީ ބުޑިސްޓުންނާއި މިޔަންމާގެ އަނިޔާވެރި ސިފައިންގެ ޖަރީމާ ތަކުގައި އެކުދިންގެ މައިން ބަފައިން މަރާލާފައި ވާތީއެވެ.

މިޔަންމާއަށް އެކަނި އެތެރެވި ކުދިންގެ ތެރެއިން އެއް ކުއްޖަކީ ރާޝިދު އެވެ. އޭނާގެ އުމުރަކީ އެންމެ 10 އަހަރެވެ. ނަމަވެސް އެއުމުރުގައި އޭނާ ރާޝިދުގެ ޒިންމާ ވަރަށް ބޮޑެވެ. ސަބަބަކީ ރާޝިދު އުމުރުން 10 އަހަރުގައި އޭނާ ބަނގުލަދޭޝްއަށް އެތެރެވެފައިވަނީ އޭނާގެ އަންހެން ކޮށްކޮ އުމުރުން 6 އަހަރުގެ ރަޝީދާވެސް ގޮވައިގެންނެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރި ކަމުގައި ރާޝިދުގެ މައިން ބަފައިން މަރާލާފައިވުމުން ރާޝިދުގެ ކޮށްކޮ ރަޝީދާގެ ހުރިހާ ޒިންމާއެއް ނަގަން ޖެހިފައިވަނީ ރާޝިދަށެވެ.
ހިޔާލު