Judiciary ge Ehdhuvahuge Musaara Rohingya Fund ah
image
ރޮހިންޔާ ކުޑަކުއްޖެއް މަންމައާއި އެކު
0 ކޮމެންޓް
 

ޖުޑިޝަރީގެ އެއްދުވަހުގެ މުސާރަ ރޮހިންޔާ ފަންޑަށް

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތަށް ޖުޑިޝަރީގެ އެއްދުވަހުގެ މުސާރަ ރޮހިންޔާ ފަންޑަށް ހަދިޔާ ކޮށްފިއެވެ.
ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް ފަހު ޖުޑިޝަރީންބުނީ މިއީ ފަނޑިޔާރުންނާއި މުވައްޒަފުންގެ އެއްދުވަހުގެ މުސާރައިން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ވެދުނު އެހީއެއް ކަމުގައެވެ.

ސަރުކާރުގެ ކުންފުނި ތަކުންވެސް ގެންދަނީ ރޮހިންޔާ ފަންޑަށް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާ ކުރަމުންނެވެ. އެގޮތުން އެމްޑަބްލިއުއެސްސީ އެއް މިމިއަން ރުފިޔާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީން 1.03 މިލިއަން ރުފިޔާ މޯލްޑިވްސް ޕޯޓްސްލިމިޑެޓް، އެމްޕީއެލްއިން 1.3 މިލިއަން ރުފިޔާ މި ފަންޑަށްވަނީ ހަދިޔާ ކޮށްފައެވެ.

ފަންޑް ރައިޒް ކުރުމަށް ހިންގާ ޓެލެތޯނަށް މިހާތަނަށް 8.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ހިޔާލު