Myanmar ah Chinain Kuraa Thaidhaa Medhu Kanboduvey: Raees Nasheed
image
ކުރީގެ ރައީސް ނަޝީދު---
4 ކޮމެންޓް
 

މިޔަންމާއަށް ޗައިނާއިން ކުރާ ތާއީދާ މެދު ކަންބޮޑުވޭ: ރައީސް ނަޝީދު

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ޖަރީމާ ހިންގަމުންދާ އިރު ޗައިނާއިން މިޔަންމާއަށް ތާއީދު ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ބަރުމާ(މިޔަންމާ)އަށް ތާއީދު ކުރާތީ ދިވެހިންވާ ކަންބޮޑުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޗައިނާއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވަރަށް ގުޅުން ބޮޑު ގައުމެކެވެ. އެންމެ ބޮޑު އެހީތެރިކަމެއް ދެމުން ގެންދާ އެއް ގައުމަކީ ޗައިނާއެވެ.

ރައީސް ނަޝީދު ގެންދަވަނީ އެކި ތަންތަނުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިޔަންމާއަށް ޗައިނާއިން ތާއީދު ކުރާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އިރު އދގެ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި އާރުޓޫޕީގެ ދަށުން ނަސްލު ނައްތާލުމާއި ޖަރީމާތަކާ ދެކޮޅަށް ބަހުސް ކުރަން ހިމެނުމަށް ެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވީ ޗައިނާގެ ނުފޫޒުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮސްފައެވެ.

އެ ވޯޓުގައި ޗައިނާއިން ވަނީ ނުފެންނަ ކަމަށް ވޯޓު ދީފައެވެ.
ހިޔާލު

ޤާދިރު

އިންޑިޔާ މިއަންމާއަށް ތާއީދުކޮށް އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށްދޭތީ ކަންބޮޑެއް ނުވޭތޯ؟

އަލީ

ނަސީދޫ އިންޑިޔާ ގެ ވާހަކަ ނުބުނަނީ ބިރުންތަ ...

ރޯނުއެދުރު

އަހަރެން ކަންބޮޑުވޭ ޗައިނާއެކޭ އެއްފަދައިން އިންޑިޔާއިންވެސް މިޔަންމާއަށް ތާއީދުކުރާތީ. އަދި އިންޑިޔާއިން ރޮހިންޖާ މީހުން ބޭރުކުރާތީވެސް.

ާައއ

ޢިންޑިޔާއިން މިޔަމްމާ އަށް ކުރާ ތާއީދަށް ކަންބޮޑު ނުވަނީ ކީއްވެތޯ