Sarukaarun ehbaarulun Nudhinumun Rohingya Muzaahara Faskoffi
image
އަމީތު މިރޭގެ ޖަލްސާގައި
1 ކޮމެންޓް
 

ސަރުކާރުން އެއްބާރުލުން ނުދިނުމުން ރޮހިންޔާ މުޒާހަރާ ފަސްކޮށްފި

މިޔަންމާގެ މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާއާއި ދެކޮޅަށް މާދަމާ އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ނިންމި މުޒާހަރާއަށް ސަރުކާރުން އެއްބާރުލުން ނުދިނުމުން މުޒާހަރާ ފަސްކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު ވިދާޅުވީ މުޒާހަރާގައި ބައިވެރިވުމަށް ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންވެސް ބޭނުންވާ ކަމުގައެވެ.

ނަމަވެސް މާލޭގައި އެއްވުންތައް ބޭއްވުމަށް ހުއްދަ ކޮށްފައި އޮންނަ ކާނިވާ ސަރަހައްދު ވެހިކަލްތަކުން ތޮއްޖެހިފައިވާތީ އެތަނަށް އެއްވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ހައުސިން މިނިސްޓްރީގައި އެދުމުންވެސް އެ މިނިސްޓްރީން އެއްބާރުލުން ދީފައި ނުވާކަމަށް އަމީތު ވިދާޅުވިއެވެ. އަދި ކާނިވާ ސަރަހައްދު ހުސްކޮށްދިނުމަށް ހައުސިންގ މިނިސްޓްރީގައި އެދުމުންވެސް ޖަވާބެއް ނުދިންކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އެއްވުމަށް ބޭނުންވާ ސަރަހައްދަކީ ބާރު ބޮޑު ސަރަހައްދަކަށް ވެފައި، ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދަށް އެއްވެއްޖެނަމަ މިހާރު އެސަރަހައްދު އޮތްގޮތުން ދަތިތަކާއި ކުރިމަތިވާނެ ކަމުގައެވެ. އެހެން ކަމުން ރޮހިންޔާ މުސްލިމުންގެ ހައްގުގައި ބާއްވާ އެއްވުން އެހެން ތާރީހަކަށް ފަސްކޮށްފައިވާކަމަށް އަމީތު ވިދާޅުވިއެވެ.

ހިޔާލު

ނަސީރު

ރައްޔިރުންގެ ތާއީދު ނެތީ! ހަރުގެ އަށް ދިޔަ ގިނަމީހުން ނަން ފުލެ ލިބިއްޖެ! ދެން އެމީހުން ބުނީ ދުވަހަކުވެސް ނުދާނަމޭ އެއީ ކަމެއް ނުވާ ގޮޑި ގެއްލިފައިވާ ބައިގަޑެެކޭ ދެނެ އެމީހުންގެ މަޅީގައި ދުވަހަކުވެސް ނުޖެހޭނަމޭ!