Bodethi Kuhthakah Dhaulathun Vakeelun Hamajahsai dhey gothah Hama jahsaifi
image
ޒުވާނަކު މަރާލާފައިވާ ސަރަހައްދެއް ބަންދުކޮށްފައި
5 ކޮމެންޓް
 

ބޮޑެތި ކުށްތަކަށް ދައުލަތުން ވަކީލުން ހަމަޖައްސާދޭ ގޮތަށް ހަމަޖައްސައިފި

ބޮޑެތި ކުށްތަކަށް ދައުލަތުން ވަކީލުން ހަމަޖައްސާދެވޭ ގޮތަކަށް ޤަވާއިދު އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 12 ކުށެއް މި ޤަވާއިދުގެ ދަށުން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މީހުން މެރުމާއި ރާވައިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްްތަކާއި، ޓެރަރިޒަމްގެ ކުށާއި، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުމާއި މީހުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވައްކަމާއި ޓެކުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް ހެދުމާއި އެއްލައްކަ ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކާއި ކޮރަޕްޝަން ގެއް މައްސަލަތަކާއި ފޭރުމާއި ގޭންގް ކުށާއި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުމާއި، ދައުލަތުގެ އިސްތިޤްލާލާއި މިނިވަން ކަމަށް ގެއްލޭފަދަ އަމަލެއް ހިންގުމުގެ އިތުރު 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައި ދިނުމަށްވަނީ ކަނޑައަޅާފައެވެ.

އަދި ވަކީލުން ހަމަޖައްސައި ދިނުމުގައި އެމީހަކަށް ލިބޭ އާމްދަނީ އާއި ހަރަދަށް ބަލާއިރު، މީހުން މެރުމުގެ ކުށުގަިއ ތުހުމަތު ކުރެވޭ މީހުނަނަށް މާލީ ހާލަތަށް ބެލުމެއް ނެތި ދައުލަތުން ވަކީލުން ހަމަޖައްސައި ދިނުމަށްވަނީ ޤަވާއިދުގައި ކަނޑައަޅާފަ އެވެ.


ދައުލަތް
ހިޔާލު

ޔާންޓޭ

ގޭންގު ތަކައް ހުރިހާ މޮޅެއް

ޙުސެން

އޭރުން ހުރިހާކަމެއް ސިއްރުވެ ނިމުނީއެވެ. ޚާއްސަކޮށްގޭންގް ތަކުގެ މައްސަލަތަކަށް ވާނުވާނޭނގެޭނެއެވެ.

2018 ޔަގީން

.ސާބަހޭ ސަރުކާރު ކުށް ނުކުރާނެކަމެތް ނެތޭނުން މީހުން މެރިޔަސް ވަކީލުންވެސް މި ހޯދަދެނީ ސަރުކަރުން ސުކުރިއްޔާ ޔާމީން

މިރާ

ގާނޫނީ ހުރަސްތައް ނައްތާލަނީއޭ ކިޔާފައި ކުރާކަންތައް ބަލާބަލަ.

އަލިމަގު

މިހަބަރަށް އެންމެ ކަމުދާނީ ޝައިނީ ކާނިވަލް ސްޓޭޖުގައި ނަގާފައިވާ ގަޓު ފޮޓޯ